ފެނަކައަށް 17 މިލިއަން ރުފިޔާ ދޭން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި

1,158,105.00 އެމެރިކާ ޑޮލަރު ހޯދަން ފެނަކައިން ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ދިން 17,857,979.10 ރުފިޔާ އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދު ކޮށްފިއެވެ.

މި ފައިސާ ފެނަކަ ކޯޕަރޭޝަނަށް އަނބުރާ ދައްކަން ސިވިލް ކޯޓުން ކުކުމް ކޮށްފައި ވަނީ 22 އޮގަސްޓް 2017 ގައއެވެ. އަދި މި ފައިސާ 4 މަސް ތެރޭގައި ދެއްކުމަށް އެ ހުކުމްގައި ބުނެފައިވެއެވެ.

އެ މައްސަލަ ޝަރޫ ލޯންޗް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޝަރޫއަށް 17 މިލިއަން ރުފިޔާ ފެނަކައިން ދިން ކަމަށާއި، އަދި ޝަރޫއިން ފެނަކައަށް ދޫކުރިި ޑޮލަރު ޗެކުތައް ބައުންސްވުމާ ގުޅިގެން އެ ފައިސާ ލިބިފައިނުވާ ކަމަށެވެ.

އަދި އެކަމާ މެދު ދެ ފަރާތުގެ ދެމެދުގައި އެއްވެސް ސުވާލެއް ނެތް ކަމަށާއި އެ ފައިސާ އަކީ ޝަރޫއިން ފެނަކައަށް އަނބުރާ ދައްކަން ޖެހޭ ފައިސާކަމަށް ހައި ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.

މި މައްސަލަ ހައިކޯޓުން ބެލި 3 ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ނިންމާފައިވަނީ ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ޝަރޫ ލޯންޗް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ