ޢަބްދުﷲ ޖާބިރު - ފޮޓޯ: ވީނިއުސް

ޚަރަދު ކުޑަކުރުމަށްޓަކައި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބާބު އުވާލަން ހުށައަޅައިފި

ޚަރަދު ކުޑަކުރުމަށްޓަކައި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބާބު އުވާލަން ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރ އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ޖާބިރު ހުށައެޅުއްވާފައިވާ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގައި ވިދާޅުވެފައި ވަނީ ޤާނޫނު އަސާސީގެ 1 ވަނަ ބާބުގެ 2 ވަނަ މާއްދާގައި ދިވެހި ރާއްޖެއަކީ ޔުނިޓަރީ ދަޢުލަތެއްކަން ސަރީހަ އިބާރާތުން ބަޔާން ކޮށްފައިވާކަމަށެވެ. އަދި ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ވާނީ ލާމަރުކަޒީ އުޞޫލުންކަމަށް ކަނޑައަޅުއްވައިފައިވާކަމަށެވެ.

މި ޤާނޫނުގެ ދަށުން ލޯކަލް ގަވަރުމެންޓް އޮތޯރިޓީ އުފެދި ދަޢުލަތުގެ ޚަރަދު ބޮޑެވެ ކޮވިޑް-19 ގެ ސަބަބުން ދަޢުލަތުގެ މާލިއްޔަތު މާލިއްޔަތަށާއި ދިވެހިރާއްޖޭގެ އިޤްޠިޞާދަށް ކުއްލި ލޮޅުމެއް އައިސް އިޤްތިޞާދު އަލުން ނަގަހައްޓައި އިއާދަކުރުމަށް ޖެހިފައިވާކަމަށެވެ.

ޖާބިރު ވިދާޅުވެފައިވަނީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބާބު އުނިކުރުމަށް ހުށައެޅީ މިއީ މި ވަގުތަށް އެންމެ އެދެވިގެންވާ ގޮތަށް ވާތީ ކަމަށެވެ.

"މި ޚާއްސަ ދަނޑިވަޅުގައި، އެލްޖީއޭގެ ބެލުމުގެ ދަށުގައި މިވަގުތު އޮތް ރަށު ކައުންސިލްތަކާއި، އޮތޮޅު ކައުންސިލްތަކާއި، އެ ކައުނސިލްތަކުގެ މެންބަރުންގެ އަދަދާއި ފާއިތުވި އަހަރު ކައުންސިލްތަކަށް ޚަރަދުވި މިންވަރާއި، ކަނޑައެޅިފައިވާ ބަޖެޓް ބޭނުންކޮށްގެން ކައުންސިލްތަކުން ކޮށްފައިވާ މަސައްކަތްތަކަށް ރިޢާޔަތްކޮށް، ދިވެހި ދަޢުލަތަށް މި ވަގުތަށް އެންމެ އެދެވިގެންވާ ގޮތަކީ ޤާނޫނު އަސާސީގެ 8 ވަނަ ބާބު އުނިކުމަށްވާތީެވެ." ޖާބިރު ހުށައެޅުއްވި ބިލްގައި ވިދަޅުވެފައިވެއެވެ.

ޖާބިރު ހުށަހުއްވި މި ބިލް މަޖިލީހުން އިތުރަށް ދިރާސާ ކުރުމަށް ބަލައިގަންނަން ނުފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ