ފޮޓޯ: މާޒިޔާ ސްޕޯޓްސް

މާޒިޔާގެ ކޯޗަކަށް ނިޒާމް ހަމަޖައްސައިފި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފިއެވެ.

މާޒިޔާގެ ކޯޗްގެ މަގާމު ހުސްވީ އެންމެ ފަހުން އެ ޓީމުގައި މަސައްކަތް ކުރި މެސަޑޯނިއާގެ މަރުޔާން ސެކްލޮސްކީގެ ކޮންޓްރެކްޓް މާޗް މަހު ހަމަވުމުންންނެވެ. މުހައްމަދު ނިޒާމް މާޒިޔާގެ ކޯޗު ކަމާއި ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ. އެގޮތުން ކުރިޔަށްއޮތް އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތާއި އަންނަ ސީޒަންގައި މާޒިޔާގެ ކޯޗަކަށް ހުންނަނީ ނިޒާމްބެއެވެ.

ނިޒާމްބެ އެންމެ ފަހުން ކޯޗުކޮށްދިނީ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ސައިފް ސްޕޯޓިން އަށެވެ.

ނިޒާމްބެ އަކީ މާޒިޔާ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން އެ ޓީމަށް ކޯޗުކޮށްދޭ ތިން ވަނަ ދިވެހި ކޯޗެވެ. ނިޒާމްބެގެ ކުރިން މާޒިޔާއާ އަށް އިރުޝާދުދިން ދެ ދިވެހި ކޯޗުންނަކީ އިސްމާއިލް މަހަފޫޒް (އިންމަ) އާއި އަލީ ސުޒޭން އެވެ.

ކޯޗެއްގެ ގޮތުގައި ނިޒާމްގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަ ކުރީ ޓީސީގަ އެވެ.

ނިޒާމްބެވަނީ ޓީސީއަށް 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޙް ކަމާލް އިންޓަރނޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ހޯދައިދީ، 2018 ވަނަ އަހަރު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަންވެސް ޓީސީ އަށް ހޯދައިދީފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ