އުދަ އަރާނެ ކަމަށް ލަފާކޮށް މިއަދުވެސް މުޅި ރާއްޖެއަށް އެލާޓު ނެރެފި

އުދަ އަރާނެ ކަމަށް ލަފާކޮށް މިއަދުވެސް މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި އެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ދެންމެ ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލާޓު ނެރެފައިވަނީ ބައެއް ރަށް ރަށަށް އުދަ އެރުމުގެ ފުރުޞަތު ބޮޑު ކަމުން ކަމަށެވެ.

މި ވައިޓް އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 14:00 އިން ފެށިގެން މިއަދު ހަވީރު 18:00 އާއި ހަމައަށެވެ.

މިދިޔަ ހޯމަ ދުވަހުވެސް ވަނީ އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް ވައިޓް އެލާޓު ނެރެފައެވެ.

ކުރިޔަށް އޮތް 24 ގަޑިއަރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓު އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.

އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި ދެކުނުގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ބުންޏެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފައި ކެރިގަނޑުގައި ގަދަ ވާނެ ކަމަށް މެޓު އޮފީހުން ބުންޏެވެ.

ރާޅުގެ އުސްމިން 3 - 6 ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް ލަފާކޮށް ހުރިހައި ފަރާތްތަކުންވެސް ޚާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ