އިންޑިއާގައި ނޫސްވެރިއެއްގެ ބޮލަށް ބަޑި ޖަހައި މަރާލައިފި

އިންޑިއާގެ އުއްތަރަޕުރަދޭޝް ސްޓޭޓުގައި ނޫސްވެރިއެއްގެ ބޮލަށް ބަޑި ޖަހައި މަރާލައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި އުމުރުން 35 އަހަރުގެ ވިކްރަމް ޖޯޝީ މަރާލައިފައިވަނީ، އޭނާގެ އާއިލާގެ އަންހެން ކުއްޖަކަށް މީހަކު ދިމާކޮށް އުނދަގޫކުރާ މައްސަލަ ފުލުހަށް ހުށަހެޅުމެން އެކަމާއި ހިތްހަމަ ނުޖެހިގެން އެމީހާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން މިހާރުވަނީ ނުވަ މީހަކު ހައްޔަރު ކޮށްފައެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ޖޯޝީގެ ބޭބެ ބުނެފައިވަނީ، ޖޯޝީ ފުލުހަށް ހުށަހެޅި ދިމާކޮށް އުނދަގޫކުރާ މައްސަލަ ފުލުހުން ބެލުމަށް ނުކެޅެދުނު ކަމަށާއި ނަތީޖާއެއްގެ ގޮތުން އެކަން ކުރި މީހުންނަށް ބަދަލު ހިފުމުގެ ފުރުސަތު ލިބިގެން ދިއަ ކަމަށެވެ. މި މަރާއި ގުޅިގެން ފުލުހުން މިހާރުވަނީ ދެ ފުލުހަކު މަގާމުން ސަސްޕެންޑު ކޮށްފައެވެ.

ޖޯޝީ މަރާލަން ހަމަލާދިން ވީޑިއޯ މިހާރު ވައިރަލް ވެފައިވާއިރު ގިނަ ބަޔަކު އަންނަނީ އިންޑިއާގެ ސަރުކާރަށް މިމައްސަލައިގައި ފާޑު ކިޔަމުންނެވެ. ހާއްސަކޮށް އުއްތަރަޕުރަދޭޝް ސްޓޭޓުގައި ގާނޫނުގެ ބާރެއް ނެއްކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ވައިރަލް ވެފައިވާ ވީޑިއޯއިން ފެއްނަނީ ޖޯޝީ އޭނާގެ އަންހެން ދެދަރިން (އުމުރުން ފަސް އަހަރާއި އަދި 11 އަހަރުގެ) ގޮވައިގެން ސައިކަލުގައި ދަނިކޮށް މަގުމަތިން ހުއްޓުވައި ބަޔަކު ހަމަލާދޭ ތަނެވެ. އަދި އެއަށްފަހު ބޮލަށް ބަޑި ޖަހައެވެ. މި ހުރިހާ ކަމެއް އެމީހުން ކޮށްފައިވަނީ ޖޯޝީގެ ދެދަރިން ކުރިމަތީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ