ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަނީ ސީދާ ގާނޫނާއި ހިލާފަށް: ޝަހީމް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުން ވަކިކުރަނީ ސީދާ ގާނޫނާއި ހިލާފަށާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ޝަހީމް ވިދާޅުވީ، ޖޭއެސްސީން ފަނޑިޔާރުން ވަކިކޮށް އަދި ސަސްޕެންޑް ކުރަމުންދަނީ ސިޔާސީ ބަދަލު ހިފުމަށް ކަމަށާއި އަދި ހަސަދަވެރިކަން އިސްކޮށް ސީދާ ޤާނޫނާއި ހިލާފަށް ކަމަށެވެ.

"މާތްﷲ އިރާދަކުރެއްވިއްޔާ މިގޮތަށް ވަކިކުރެވޭ އެންމެ ބޭފުޅުން އިއްޒަތުގައި އަދި ރާއްޖޭގައި ފަނޑިޔާރުކަން ކުރައްވާނެ، ދެރަނުވާށެ" ޝަހީމް ވިދާޅުވިއެވެ.

ޖޭއެސްސީ އަށް ބޮޑެތި ފާޑުކިޔުންތަކެއް އިދިކޮޅުން ދަނީ އަމާޒުކުރަމުންނެވެ.

މިގޮތުން ރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުވެސް ވިދާޅުވަނީ ޖޭއެސްސީ ވަނީ ސިޔާސީ ވެފައި ކަމަށާއި ފަނޑިޔާރުން ވަކިކުރަނީ ޤާނޫނާއި ޚިލާފަށް ކަމަށެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފަނޑިޔާރުން ވަކިކުރުމުގައި ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުން އަމަލުކުރަމުން އަންނަ ގޮތުން ޑިއު ޕްރޮސެސް ގެއްލިފައިވާކަމަށެވެ. އަދި ޤާނޫނުއަސާސީގައިވާ ގޮތާ ހިލާފަށް ފަނޑިޔާރުން ވަކިކުރުމުން ޤާނޫނުން ލިބޭ ރައްކާތެރިކަން ގެއްލޭކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ