ފޮޓޯ: އެމްޓީސީސީ

ރ. ވަންދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ

ރ. ވަންދޫ ބަނދަރު މަސައްކަތް ކުރިއަށް ދާ ކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓިސީސީ) އިން ބުނެފިއެވެ.

އެމްޓިސީސީ އިން ބުނެފައިވަނީ ރ. ވަންދޫ ބަނދަރު މަރާމާތުކޮށް ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 12 ޕަސެންޓް ނިމިފައިވާ ކަމުގައެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތްވަނީ ނިމިފައިކަމަށާއި، މިހާރު ކުރިއަށްދަނީ ހަދާފައިވާ އެއްގަމު ތޮށި ރޫޅާލުމުގެ މަސައްކަތްކަމުގައެވެ. އަދި އާ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ޔުނިޓުތައް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށް އެމްޓިސީސީ އިން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން 1،870 ކިއުބިކް މީޓަރުގެ ހާބަރ ބޭސިން ފުންކުރުމާއި، 75 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓިސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 5.99 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު އެމްޓިސީސީ އާ ހަވާލުކޮށްފައިވަނީ 26 އޮގަސްޓް 2019 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ