ފޮޓޯ: ރާއްޖެއެމްވީ

އުތުރު ފަރާތު ލޮނުގަނޑުން މަސް ދޮވެ ރައްޔިތުންނަށް ނުވިއްކާ- މާލެ ސިޓީ ކައުންސިލު

މާލޭ އުތުރުފަރާތު މަސްމާރުކޭޓް ކުރިމަތިން މަސްވެރިކަން ކުރާ އުޅަނދުފަހަރު ލަފާ ފުރުމަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދުގެ މޫދު ލޮނުގަނޑު ރައްކާތެރި ނޫން ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ. އެހެންކަމުން އެ ލޮނުން މަސް ދޮވެ ރައްޔިތުންނަށް ނުވިއްކުމަށް މާލޭ ސިޓީ ކައުންސިލުން މަސް އޮޑިފަހަރަށް އިލްތިމާސް ކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ، އެސަރަހައްދުގެ ފަޅުތެރޭގައި އަޅާފައި ހުންނަ ބައެއް އުޅަނދުފަހަރުން ފަޅުތެރެއަށް ތެލާއި،ކުނިބުނީގެ ބާވަތްތައް އެޅުމުގެ ސަބަބުން ފަޅުތެރޭގެ ލޮނުގަނޑު ތަޣައްޔަރުވުމުގެ އިތުރުން ވަރަށްބޮޑަށް ނަޖިހުގެ އަސަރު ހުންނަކަން ފާހަގަކުރެވިފައިވާތީ އެސަރަހައްދުގެ ފަޅުތެރެއިން ލޮނުނަގައިގެން މަސްކަނޑާ މަސްދޮވެ ނުހެދުމަށާއި އަދި އެހެން ބޭނުންތަކަށްވެސް އެސަރަހައްދުގެ މޫދުލޮނު ބޭނުން ނުކުރުމަށް އެފަރާތްތަކަށް ތަކުރާރުކޮށް އެންގިފައިވާނެކަމަށެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ، ނަމަވެސް މި އެންގުންތަކާ ޚިލާފަށް ބައެއް އުޅަނދުފަހަރު ބަލަހައްޓާ ފަރާތްތަކުން އެފަދަ އުޅަނދުފަހަރުގައި ޤަވާޢިދާ ޚިލާފަށް ގެންގުޅޭ ބިދޭސީ މަސައްކަތުމީހުން ލައްވާ ދޯނީގައި ގިނައަދަދަކަށް މަސްކަނޑާ ފަޅުތެރެއިން ލޮނުނަގައިގެން މަސްދޮވެ އާންމުންނަށް ވިއްކަމުން ގެންދާކަމުގެ ޝަކުވާ  އެކައުންސިލަށް ހުށަހަޅަމުން ގެންދިއުމާ ގުޅިގެން އެކަން ހުއްޓުވުމުގެ ގޮތުން އެކައުންސިލުން އެފަދަ ފަރާތްތަކާ މެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ތަންފީޒުކުރުމަށް ވަނީ ނިންމަވާފައިކަމަށެވެ.

އެހެންކަމުން މީގެ ފަހުން އެފަދަ ކަންކަން ތަކުރާރުކުރާ ފަރާތްތަކާމެދު ޤާނޫނުގެ ދަށުން އަމަލުކުރަމުންގެންދާ މާލެއާއި ވިލިނގިލީގެ ފަޅުބެލެހެއްޓުމާ ބެހޭ ޤަވާޢިދާއެއްގޮތަށް ޖޫރިމަނާކޮށް ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މިހާރަކަށް އައިސް އެ ސަރަހައްދުގައި އޮޑި ދޯނި ފަހަރުތަކުން، އޮޑީގައި ތިބެ މަސްވިއްކުން ވަރަށް ބޮޑަށް ވަނީ ް އާއްމުވެފައިކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ