ފެށުން ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ ޗިކަން ޓިކާ ވިތް މަސާލާ ތައްޔާރުކުރާނެގޮތެވެ.
ކުކުޅު ތައްޔާރުކުރަން ބޭނުންވާ ތަކެތި:
- 2 ޖޯޑު ކުކުޅުމަސް (ކިއުބްކޮށް ކޮށާފަ)
- 125ގ ޕްލޭން ޔޯގަރޓް
- 1 ލުނބޯ
- 1 ސައިސަމުސާ ލޮނުމެދު (ޕޭސްޓް)
- 1 ސައިސަމުސާ އިނގުުރު (ޕޭސްޓް)
- 2 ސައިސަމުސާ ލޮނު
- 2 ސައިސަމުސާ ދިރި (މުގުރާފަ)
- 2 ސައިސަމުސާ ތެޅި މިރުސް
މަސާލާ ތައްޔާރުކުރަން ބޭނުންވާ ތަކެތި:
- ކުޑަ ތެޔޮފޮދެއް
- 1 ފިޔާ (ކޮށާފަ)
- 1 ސައިސަމުސާ ލޮނުމެދު (ކުދިކޮށް ކޮށާފަ)
- 1 ސައިސަމުސާ އިނގުުރު (ޕޭސްޓް)
- 1 ސައިސަމުސާ ދިރި (މުގުރާފަ)
- 2 ސައިސަމުސާ ރީދޫ
- 2 ސައިސަމުސާ ތެޅި މިރުސް
- 2 ސައިސަމުސާ ގަރަމް މަސާލާ
- 1 ދަޅު ޓޮމާޓޯ ޕޭސްޓް
- 800ގ ޓޮމާޓޯ ސޯސް
- 300މލ ފެން
- 250މލ ކްރީމް
ކުކުޅުމަސް ތައްޔަރު ކުރާނެގޮތް:
ކޮށާފައި ހުރި މަސްތައް ބޯތައްޓަކަށް އަޅާ އޭގެތެރެއަށް ޔޯގަރޓް، ލޮނުމެދު. އިނގުުރު. ލޮނު، ދިރި، ތެޅިމިރުސް އަދި ލުނބޯ ފެލާލުމަށްފަހު އެއްކޮށްލާށެވެ. އަދި މެރިނޭޓް ކުރުމަށް 1 ގަޑިއިރު ވަންދެން ބެހެއްޓުމަށްފަހު މަސްތައް އިލޮއްޓަކަށް އަމުނާލާށެވެ. އެއަށްފަހު 260 ސެލްސިއަސްގައި 15 މިނެޓް ވަންދެން ފިހެލާށެވެ.
މަސާލާ ތައްޔާރު ކުރާނެގޮތް:
ތަވާއަށް ތެޔޮފޮދު އަޅާ ހޫނުވުމުން ފިޔާ، ލޮނުމެދު. އިނގުުރު އަޅާ އެއްކޮށްލާށެެވެ. އެއަށްފަހު ލޮނު، ދިރި، ތެޅިމިރުސް، ރީދޫ، ގަރަމް މަސާލާ، ތެޅި މިރުސް އެޅުމާށްފަހު ހާކާލާށެވެ. ފެން ޓޮމާޓޯ ޕޭސްޓް. ޓޮމާޓޯ ސޯސް އަދި ފެން އަޅާ އެއްކޮށްލާފައި ބަހައްޓާށެވެ. ދެން ސޯސް ގަނޑު ކެކިގަތުމުން ކްރީމްކޮޅުއަޅާ އެއްކޮށްލާށެވެ. އެއަށްފަހު މަސްތައް ސޯސްގަނޑު ތެރެއަށް އަޅާ އެއްކޮށްލާށެވެ. ބަތާއެކު ނުވަތަ ރޮއްޓާއެކުވެސް މި ޗިކަން ޓިކާ ވަރަށް މީރު ވާނެ އެވެ.
މިހާރު މިވަނީ ޗިކަން ޓިކާ ވިތް މަސާލާ ތައްޔާރުކޮށް ނިމިފައެވެ.