"ލޮނުޒިޔާރަތް ބަގީޗާ" ޕާކު މި ހަފްތާތެރޭ ހުޅުވާލަނީ

މާލޭ ސިޓީގެ ލޮނުޒިޔާރަތްކޮޅުގައި ތަރައްޤީކުރަމުންދާ "ލޮނުޒިޔާރަތް ބަގީޗާ" ޕާކު މިހަފްތާގެ ތެރޭގައި އާއްމުންނަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މި ޕާކު ތައްޔާރުކުރުމުގެ މަސައްކަތް ސިޓީކައުންސިލުން ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ފަހުކޮޅުގައެވެ. މި ސަރަހައްދަކީ ބްރިޖްގެ މަސައްކަތަށްފަހު، ކޮންސްޓްރަކްޝަން ސައިޓެއްގައިގޮތުގައި އޮތް އެ ސަރަޙައްދެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ، ޕާކުގެ ބޮޑެތި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށާއި އަދި  މި ހިތްފަސޭހަ ޕާކު މި މަސް ނިމުގެ ކުރިން އާއްމުންނަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށެވެ.

މި ސަރަހައްދުގައި ޕާކެއް އެޅުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާފައިވާއިރު، ބާގީޗާއެއްގެ ތީމަށް ތައްޔާރުކުރަމުން އަންނަ މި ޕާކުގައި އެކި ބާވަތްތަކުގެ ގަސްގަހާގެހި އިންދާފައިވެއެވެ.

މި ޕާކަކީ ދައުލަތުގެ ކުންފުނިތަކުގެ އެހީއާއިއެކު ތައްޔާރުކުރަމުން އަންނަ ޕާކެކެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ