ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނަންޑޭޒް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ޒަވީ ކޯޗުކޮށްދެމުން އަންނަ ގަތަރުގެ އަލް ސާދު ޓީމުގެ ޓްވީޓާއިން އެކަން ހާމަކޮށްފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ކޮވިޑަށް ޒަވީ ޕޮޒިޓިވްވިނަމަވެސް އޭނާ ހާލު ރަނގަޅު ކަމަށާއި ހެލްތު ސަރވިސްއިން ވަކިގޮތެއް އަންގަންދެއްނ އައިސޮލޭޝަންގައި މަޑުކުރަންޖެހޭނެކަމަށް ޒަވީ ބުނެފައިވާކަން ހާމަކޮށްފައިވެއެވެ.
އަދި ޒަވީގެ ބަދަލުގައި ޓެކްނިކަލް ސްޓާފްގެ ހެޑް ޑޭވިޑް ޕްރަޓްސް އާއި އަލް ސާދު ޓީމާ ވަގުތީ ގޮތުން ހަވާލުވެފައިވާކަމަށްވެސް އެޓީމުންވަނީ ހާމަކޮށްފައެވެ.
Xavi : A few days ago, following the @qsl protocol, I tested positive in the last COVID19 test. Fortunately, I’m feeling ok, but I will be isolated until I am given the all clear. When the health services allow it, I will be very eager to return to my daily routine and to work.
— AlSadd S.C | نادي السد (@AlsaddSC) July 25, 2020
އުމުރުން 40 އަހަރުގެ ޒަވީ އަލް ސާދުއާއި ގުޅުނީ 2015 ވަނަ އަހަރެވެ. ޒަވީ އެކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2021 ޖޫން އާއި ހަމައަށް ހަމަވާނެއެވެ. ޒަވީ އަލް ސާދުއާއެކު އެންމެފަހުން ހަދާފައިވާ އެއްބަސްވުމަކީ ހާއްސަ އިހުތިޔާރެއް ލިބޭ ގޮތަށް ހަދާފައިވާ އެއްބަސްވުމެކެވެ. އެގޮތުން މިއެއްބަސްވުމުގެ ދަށުން ވަކި މުއްދަތެއްގެ ނޯޓިސް އެއް ދިނުމަށްފަހު ×ަވީ ބޭނުންވާ ކްލަބަކަށް ބަދަލުވުމުގެ އިޚްތިޔާރު އޭނާއަށް ދީފައިވެއެވެ.
ބާސެލޯނާގެ އެކަޑަމީއާ 1991 ވަނަ އަހަރު ގުޅުނު ޒަވީ ސީނިއާ ކެރިއަރު އެ ކްލަބުން ފެށީ 1998 ގައެވެ. އަދި ބާސެލޯނާއާއެކު ސްޕެނިޝް ލީގު 8 ފަހަރު، ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައިވާއިރު، ޒަވީ ބާސެލޯނާ ދޫކޮށްލާފައިވަނީ 2015 ވަނަ އަހަރުއެވެ.



