ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު | ފޮޓޯ: ރައީސް އޮފީސް

އިންކަން ސަޕޯޓް އެލެވެންސްގެ ގޮތުގައި 27.2 މިލިއަން ރުފިޔާ ދީފި

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާއަށް އަސަރުކޮށްފައިވާ 6،638 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް 27.2 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނެފައިވަނީ 6،638 މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ދިނުމަށް 27.2 މިލިއަން ރުފިޔާ މިހާތަށް ހަރަދުކޮށްފައިވާ ކަމަށެވެ.

އިންކަމް ސަޕޯޓު އެލަވަންސަކީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ އެލަވަންސް އެކެވެ. އެގޮތުން އާމްދަނީ އަށް އަސަރު ކުރާ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ އިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން) ނެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދެމުން ގެންދަނީ އެންސްޕާ މެދުވެރިކޮށެވެ. އެގޮތުން މެއި 20 ވަނަ ދުވަހުން ފެށިގެން މި އެލަވަންސް އަންނަނީ ދެމުންނެވެ.

ސަރުކާރުން ނިންމާފައިވަނީ އިންކަމް ސަޕޯޓުގެ ގޮތުގައި މިފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސް އެއް ދިނުމަށެވެ. އެގޮތުން މުސާރައިގެ ވަކި ޕަސެންޓެއް ލިބޭ ފަރާތްތަަކަށް 5000 ރުފޔާ ހަމަވުމަށް މަދުވާ އަދަދު ސަރުކާރުން ދޭނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ