ބުޅަލެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ޔޫކޭއިން ފުރަތަމަ ފަހަރަށް ބުޅަލެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

މި ބުޅަލުގެ ވެރިފަރާތްވެސް  ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން ކަމާބެހޭ ގިނަ ފަރާތްތަކުން ބުނާ ގޮތުގައި މި ބުޅަލަށް ކޮވިޑް-19 ޖެހިފައިވަނީ އެ ބުޅަލުގެ ވެރިފަރާތުންނެވެ. ޔޫކޭގެ ސަރުކާރުން ބުނެފައިވާގޮތުގައި މިހާރު ބުޅަލާއި ބުޅަލުގެ ވެރިފަރާތް ވަނީ ކޮވިޑް-19 އިން ރަނގަޅުވެފައެވެ. އަދި އެއްވެސް މީހަކަށް އަދި ޖަނަވާރަކަށް މި ކަމުގެ ސަބަބުން ކޮވިޑް-19 ޖެހިފައިނުވާ ކަމަށް ބުނެފައިވެއެވެ.

ޖަނަވާރަކަށް ކޮވިޑް-19 ޖެހުމަކީ ވަރަށް ނާދިރު ކަމަކަށް ވިޔަސް އޭޕްރީލް މަހުވަނީ ބުޅާ ތަކަކަށް ކޮވިޑް-19 ޖެހިފައެވެ. އަދި ކަމާބެހޭ ގިނަ ފަރާތްތަކުން ބުނާ ގޮތުގައި ޖަނަވާރުންގެ ކިބައިން ކޮވިޑް-19، އިންސާނުންނަށް ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ.

ބައެއް ދިރާސާ ތަކުން ދައްކާ ގޮތުގައި ބަލީގެ އަލާމާތަތައް ނުފެނުނު ކަމުގައި ވިޔަސް އެއް ބުޅަލުން އަނެއް ބުޅަލަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު އެބައޮތެވެ. މިހާތަނަށް 1 ކުއްތާ ވަނީ ކޮވިޑް-19 ގެ އަލާމާތްތައް ނުފެނުނު ކަމުގައި ވިޔަސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ