ކެލާ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެ

ކެލާ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެެ.

ހއ. ކެލާ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އިސްމާއިލް މި ނޫހަށް މައުލުމާތު ދެއްވަމުން ވިދާޅުވީ ކުލާ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މެދު އުމުރުގެ ފިރިހެނެއް ކަމަށާއި އެ މީހާއަކީ މާލެ ދަތުރުކުރާ ބޯޓެއްގައި ކައްޕި ކަމަށެވެ.

އައިމިނަތު އިސްމާއިލް ވިދާޅުވީ ރޯގާ ޖެހި ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓް ހެދުމުން އަންގާފައިވަނީ ފުރަތަމަ ޓެސްޓް ނެގެޓިވް ކަމަށެވެ. ނަމަވެސް ދެވަނަ ޓެސްޓް ޕޮޒިޓިވްކަމަށް އަންގާފައިވާކަމަށެވެ.

މި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުނުތާ މިއަދަށް 143 ދުވަސް ވެފައިވާއިރު ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ އަދަދު އަނެއްކާވެސްވަނީ އިތުރުވާން ފަށައިފައެވެ. މިގޮތުން ފާއިތުވެދިޔަ ތިންދުވަހު މިބައްޔަށް 194 މީހުންވަނީ ރާއްޖެއިން ޕޮޒިޓިވުވެފައެވެ.

މުޅި ޖުމްލަ 3،369 މީހުން ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވުވެފައިވާއިރު މިވަގުތު މިބައްޔަށް ރާއްޖޭގައި ފަރުވާދެމުންދަނީ 792 މީހުންނަށެވެ. އަދި މުޅި ޖުމްލަ މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 2،547 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ