"އެންމެން އެއް އަޑަކުން" ނަމުގައި މިދިޔަ މިނިވަން ދުވަހުގެރޭ މާލޭގައި ސިލްސިލާކޮށް ފެށި މުޒާހަރާ މިރޭވެސް އޮންނާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ޓްވިޓަރ މެދުވެރިކޮށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވަނީ ސަޕޯރޓަރުންގެ އެކަން އަންގާފައެވެ.
އެގޮތުން "އެންމެން އެއް އަޑަކުން" މުޒާހަރާ މިރޭވެސް އޮންނާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކުރީ ރެ އެކޭ އެއްފަދައިން މިރޭގެ މުޒާހަރާވެސް ފެށުމަށް ހަމަޖެހިފައިވަނީ ޗާންދަނީ ޖަންކުޝަންއިންނެވެ.
މިނިވަން ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ބައިވެރިފައިވާ އިސް މީހުންގެ ތެރޭގައި ޤާސިމް، ޝީޔާމް އަދި ހީނާގެ އިތުރުން ފެނަކަ ނިމާލްއާއި ކުރީގެ އީސީގެ މެންބަރު ޝަކީލުވެސް ހިމެނިވަޑައިގަންނަވައެވެ.
އެރޭގެ އެއްވުމުގެ ބައިވެރިން ތަފާތު ޝުޢޫރުތައް އެކުލެވޭ ބޯޑުތައްދަނީ ބޭނުންކޮށްފައިވާއިރު، މިނިވަންކަން ހިމާޔަތްކުރުމަށާއި، އަނިޔާވެރިކަން ހުއްޓާލުމަށް އެއްވުމުގެ ބައިވެރިންވަނީ ގޮވާލާފައެވެ. އަދި ދިވެހިރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށްވެސް ގޮވާލާފައިވެއެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރެއިން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް އެރޭގެ މުޒާހަރާގައި ގެންގޮސްފައިވާއިރު، އެއީ ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް އާއި ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއިލްއެވެ.
ޗާންދަނީ ޖަންކްޝަންއަށް އިދިކޮޅުން އެއްވާން ފަށައިފިhttps://t.co/klF5I3p2sJ
— Feshun (@feshunonline) July 26, 2020




