އިދިކޮޅު ކޯލިޝަނުން ފުލުހުންގެ ގަޔަށް ހައްޕުނޑު ނުޖަހާނެ: ޝަހީމް

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ފުލުހުންގެ ގަޔަށް ހައްޕުނޑު ނުޖަހާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވެފައި ވަނީ ފުލުހުންގެ ގަޔަށް ހައްޕުޑު ޖެހުން ކުށްވެރިކުރާ ކަމަށާއި، ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެޒާތުގެ ޢަމަލެއް ނުހިންގަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ. "އެއީ ފުލުހުންނަށް އިހުތިރާމްކުރާ ތަހުޒީބު ކޯލިޝަނެއް" ޝަހީމް ވިދާޅުވެފައިވެއެވެ.

ޝަހީމް އިތުރަށް ވިދާޅުވެފައި ވަނީ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހި ފަރާތެއް ހޯދައި ތަޙުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް އެދޭކަމަށެވެ.

ފުލުހުންގެ ގަޔަށް ހައްޕުނޑު ޖަހާފައި ވަނީ “މިނިވަން އިހުތިޖާޖު” ގެނަމުގައި އިދިކޮޅު ފަރާތްތަކުން ބާއްވަމުންދާ މުޒާހަރާގައި ރޭ ބޭއްވި މުޒާހަރާގެ ތެރެއިންނެވެ. އެގޮތުން މުޒާހަރާގައި ބައިވެރިވި މީހަކު މުޒާހަރާކުރި ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވި ފްރަންޓްލައިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގައި ފުލުހުން ގަޔަށް ހައްޕުނޑު ޖެހި މައްސަލަ ބަލާނަނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުވިދާޅު ވިދާޅުވެފައިވާއިރު، މި ނާތަހުޒީބު އަމަލު ކުށްވެރި ކޮށް، މިކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ކުރާނެ ކަމަށް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ