ހޯރަފުށީ ފެނުގެ ނިޒާމް - ފޮޓޯ: ޕީއެސްއެމް

ހޯރަފުއްޓާއި ހަނިމާދޫ ފެންޕްލާންޓް ބުރާސްފަތި ދުވަހު ބޭނުންކުރަން ފަށަނީ

މިހިނގާ މެއި މަހުގެ 23 ވާ ބުރާސްފަތި ދުވަހުން ފެށިގެން، ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫގައި ޤާއިމުކޮށްފައިވާ ފެން ޕްލާންޓްތައް ބޭނުންކުރަން ފަށާނެކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ހަނިމާދުއާއި ހޯރަފުށީގައި ޤާއިމުކޮށްފައިވާ ފެން ޕްލާންޓުން ރައްޔިތުންނަށް ފެން ދޫކުރަން ތައްޔާރުވެފައިވާކަން މިނިސްޓަރ ހާމަކުރެއްވިއިރު، އެ ރަށްތަކަށް ވަނީ ފެނުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައެވެ.

"މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުން ފެށިގެން، ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫގެ ގޭގެ އަށާއި އެހެނިހެން އިދާރާތަކަށް، ފެނަކާ އިން، ރައްކާތެރި ސާފު ފެން ފުރަތަމަފަހަރަށް ސަޕްލައި ކުރަން ފަށާނެ." މިނިސްޓަރ ވިދާޅުވިއެވެ.

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން 46.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން2018 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި މަސައްކަތް ފެށި ހަނިމާދޫ ފެންޕްލާންޓާއެކު، 19 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއްގެ އިތުރުން ގަޑިއަކު އަށް ޓަނުގެ ފެން އުފައްދާ ދެ އާރްއޯ ޕްލާންޓް ބަހައްޓާފައިވެއެވެ.

ހޯރަފުށީ ފެނުގެ ނިޒާމް - ފޮޓޯ: ޕީއެސްއެމް

ހއ. ހޯރަފުށީގައި ތަރައްޤީކޮށްފައިވާ ފެންޕްލާންޓަކީ 900 ޓަނުގެ ފެން ރައްކާކުރެވޭ ނިޒާމެކެވެ. މިނިޒާމުގައި 300 ޓަނުގެ ވާރޭ ފެން ރައްކާކުރެވޭ ޕްލާންޓެއް ހުންނައިރު އިތުރު 600 ޓަނުގެ ޑިސެލިނޭޝަން ޕްލާންޓެއްވެސް މި ނިޒާމުގައި ހިމެނެއެވެ.

ހޫނު މޫސުމާ ދިމާކޮށް ރާއްޖޭގެ ގިނަ ރައްތަކަށް ބޯފެނުގެ ދަތިކަން އިންތިހާއަށް ކުރިމަތިވާއިރު، މެދުރާއްޖެތެރެއަށް މިހާރު ދަނީ ވިއްސާރަ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ފަތިފުއް

    ماشاألله ، ސާބަހޭ ރައީސް އަބްދުﷲ ޔާމީން ރޯރަފުށި ހަނިމާދޫގަ ތައްޔާރު ކޮށްދެވި ފެންޕްލާންޓް އެމްޑީޕީގެ ކުދިންކޮޅުވެސް ފެންފޮދުވެސް އެއްވެސް އަސަރެއްނެތި ދިރުވާލާނެ

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ