ނައިބު ރައީސް ފައިސަލް ނަސީމް

ހާލަތު އިތުރަށް ގޯސްވުމަށް ފުރުސަތު ނުދެއްވާ: ނައިބު ރައީސް

ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވުމަށް ފުރުސަތު ނުދެއްވާ، ބަލިން ސަލާމަތްވުމަށް އެންމެން އެކީ މަސައްކަތް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގަނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭއަށް ގެނައި ލޮކްޑައުންގެ ހާލަތަށް، ބޮޑެތި ލުއިތަކެއް ދިނުމާއި ގުޅިގެން، ޕޮސިޓިވް ވާމީހުންގެ އަދަދު ބޮޑުތަކުން އިތުރުވެފައިވާއިރު، ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ކަމާބެހޭ އިދާރާތަކުވެސް ވަނީ ބުނެފައެވެ.

ނައިބު ރައީސް ކުރެއްވި ޓްވީޓެއްގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި ކުރީގެ ޙާލަތަށް އަލިއަޅުވާލާފައިވެއެވެ.

"ޖަމާޢަތުގައި ނަމާދު ނުކުރެވި، ވިޔަފާރިތަށް ހުއްޓި، އެންމެން ގޭގައި ބަންދުވުމުގެ ގެއްލުން އަޅުގަނޑުމެންނަށް ވާނީ ތަހަަައްމަލު ކުރެވިފައި"، ނައިބު ރައީސްގެ ޓްވީޓްގައި ވިދާޅުވިއެވެ.

އެހެންކަމުން ހާލަތު އިތުރަށް ގޯސްވިޔަ ނުދީ އެންމެ އެކުގައި މަސައްކަތް ކުރުމަށް ނައީބް ރައީސް، ރައްޔިތުންގެ ކިބައިން އެދިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ