ހއ. ކެލާއިން އިތުރު 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވު ވެއްޖެއެވެ.
"ދެން" އިން ކެލާ ކައުންސިލް ރައީސް އާދަމް ގުފްރާން އާ ހަވާލާދީ ވިދާޅުވެފައިވަނީ ހއ. ކެލާއިން ކޮވިޑް-19 އަށް ޕޮޒިޓިވު ވެފައިވަނީ، ކެލާއިން މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވު ވެފައިވާ މީހާ އުޅޭ ބޯޓު ކަމަށްވާ "ސަވާރީ" ބޯޓެއްގައި އުޅޭ 9 މީހުން ކަމަށެވެ.
އަދި ކެލާ އިން ކޮވިޑް-19 އަށް ފައްސިވެފައިވަނީ އެ ބޯޓުގައި އުޅޭ 8 ފަޅުވެރިންނާއި ބޯޓުން ދަތުރު ކުރި އެކަކުއެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި 5 ބިދޭސީންނެވެ.
އިތުރު 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވު ވެފައިވުމާއެކު މިވަގުތު ހއ. ކެލާ ވަނީ މޮނިޓަރިންގެ ހާލަތައް ގެނެވިފައެވެ.
ޖުލައި 28 ވަނަ ދުވަހު ސަވާރީ ބޯޓުގެ ފަޅުވެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވު ވެފައެވެ. ރޯގާ ޖެހި ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓް ހެދުމުން އަންގާފައިވަނީ ފުރަތަމަ ޓެސްޓް ނެގެޓިވް ކަމަށެވެ. ނަމަވެސް ދެވަނަ ޓެސްޓް ޕޮޒިޓިވްކަމަށް އަންގާފައިވާކަމަށެވެ.




