މަރުވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ އުމުރުން 29 އަހަރުގެ ބިދޭސީއަކު ޜޭ އައިޗީއެމްއެޗަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށާއި އެމީހާ ކޮވިޑް-19 އަށް ޓެސްޓު ހެދުމުން ކޮވިޑް-19 އަށް ޕޮޒިޓިވު ވެފައިވާ ކަމަށެވެ.
އެމީހާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ދިރިއުޅޭ ތަނުގައި ވެއްޓިފައި އޮށްވާ ކަމަށާއި އެމީހާ ހޮސްޕިޓަލަށް ގެނައި އިރު ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށާއި އެޗްޕީއޭ އިން ވިދާޅުވިއެވެ. މަރުވި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވު ވެފައިވާތީ، މިއީ ކޮވިޑް-19 ގެ މަރެއް ގޮތުގައި ނުބަލާނެ ކަމަށާއި މަރުވި ސަބަަބު އެނގޭނީ އޮޓޮޕްސީ ހެދުމުން ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
ނޭވާލުމުގެ ދަތިތަކެއް ކުރިމަތިވެގެން 71 އަހަރުގެ ދިވެހި އަންހެނަކު އައިޖީއެމް ހޮސްޕިޓަލްގެ އެމަޖެންސީ (އީއާރު) އަށް ގެނެސް ފަރުވާ ދެމުންދަނިކޮށް އިއްޔެ މަރުވެފައިވެއެވެ.
ރާއްޖެއިން މިހާތަނަށް މިބަލި ޖެހުނު މީހުންގެ އަދަދުވަނީ 3719 އަށް އަރާފައެވެ. އަދި މިބަލީގައި މިހާރު 1120 މީހަކަށް ފަރުވާ ދެމުންދާއިރު، 16 ފަރާތެއް ވަނީ ނިޔާވެފައެވެ.



