ޅ. ހިންނަވަރުގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހިންނަވަރު ހެލްތް ސެންޓަރު ހިންގުމާއި ހަވާލުވެހުރި އަހްމަދު އާސިމް ވަނީ އެރަށުގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން މި ނޫހަށް ކަރަށަވަރު ކޮށްދެއްވާފައެވެ.
އަޙްމަދު އާސިމް ވިދާޅުވީ އެމީހާ ޕޮޒިޓިވް ކަން އެނގިފައި ވަނީ ހޯމް ކަރަންޓީންގައި 14 ދުވަސް ހަމަކުރުމަށްފަހު ޓެސްޓް ކުރުމުން ކަމަށެވެ. އެމީހާ ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިޔަށް ދާ ކަމުގައި އާސިމް ވަނީ ވިދާޅުވެފައެވެ.
ހިންނަ ވަރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޞާލިޙް މި ނޫހަށް މަޢުލޫމާތު ދެއްވި ގޮތުގައި އެރަށުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައިވާކަން އެނގިފައި ވަނީ 14 ދުވަހު ހޯމް ކަރަންޓީންގައި ހުރި މީހަކު ޓެސްޓް ކުރުމަށްފަހު އެމީހާގެ ނަތީޖާ މިއަދު ލިބުމުން ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް 3719 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅު ތެރޭގެ ގިނަ ރައްތަކަކުންވެސް މި ބަޔަށް މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.




