ފޮޓޯ: ދުވަސް

ހުވަދު އަތޮޅުގައި ކުޑަ ފިރިހެން ކުއްކަޖަކަށް ޖިންސީ ގޯނާ ކޮށްފި

ހުވަދު އަތޮޅުގައި ކުޑަ ފިރިހެން ކުއްކަޖަކަށް ޖިންސީ ގޯނާ ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ގއ. ގދ ހިމެނޭ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.

މި ކުޑަ ފިރިހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ފިރިހެނެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުންދާއިރު، މިމައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާއި ގުޅިގެން46 އަހަރުގެ ދިވެހި ފިރިހެނަކު ޙައްޔަރުކޮށްފައިވާކަމަށެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ