ނެޓްފިލްކްސް އިން ދައްކަމުން އަންނަ ކާމިޔާބު ސްޕެނިޝް ސީރީޒް “މަނީ ހައިސްޓް”ގެ ކާމިޔާބު ހަތަރު ސީޒަނެއް މިހާތަނަށް ދައްކާފައިވާއިރު، މިއީ ދުނިޔޭގެ އެންމެ މަޤުބޫލު ޝޯ ތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯއެވެ. މި ސީރީޒްގެ ފަސްވަނަ ސީޒަނަށް ގިނަބަޔަކު އިންތިޒާރުކުރަމުން އަންނައިރު، ނެޓްފިލްކްސް އިން ދާދިފަހަކުން ވަނީ، ފަސް ވަނަ ސީޒަންގެ މަސައްކަތް ވަރަށް އަވަހަށް ފަށަން އުޅޭކަމުގެ ފެހި ސިގްނަލް ދީ، އަދި މިއީ ޝޯގެ އެންމެ ފަހު ސީޒަންކަށް އިއުލާންކޮށްފައެވެ.
ނެޓްފްލިކްސް އިން މި ޝޯގެ ފަހު ސީޒަން އިއުލާންކުރަން ކުރި އިންސްޓަގްރަމް ޕޯސްޓްގައި ހިއްސާކޮށްފައިވާ ފޮޓޯގައި ފެނިގެންދަނީ، ހައިސްޓްގެ މެންބަރުން އަޅާ މާސްކް ވެލިގަނޑުގައި އޮންނަ ތަނެވެ. އަދި ކެޕްޝަނަކަށް ލިޔެފައިވަނީ، ސީރީޒްގެ ފަސްވަނަ ބަޔާކު މި، ހައިސްޓް އަށް ނިމުން އަންނަނީ ކަމަށެވެ.
މަނީ ހައިސްޓްގެ ޓީމުން އެންމެ ފަހު ހައިސްޓަށް ތައްޔާރުވަމުން އަންނައިރު، މިއީ ފޭނުން ކުރަމުން ދިޔަ ދިގު އިންތިޒާރީއަށް ލިބުނު ފެހި ސިގްނަލެކެވެ. ނަމަވެސް މިއީ ޝޯގެ އެންމެ ފަހު ސީޒަންކަން އެނގުމާއެކު، ގިނަ ބަޔަކު ބުނަމުން އަންނަނީ، ޝޯ އެއްކޮށް ނިއްމާލަން އަދި ރެޑީ ނޫންކަމަށެވެ.
View this post on Instagrampart 5: the heist comes to an end. #lacasadepapel #moneyheist
A post shared by Netflix US (@netflix) on
މިއަހަރުގެ އޭޕްރީލް މަހުގެ 4 ގައި، “މަނީ ހައިސްޓް”ގެ 4 ވަނަ ސީޒަން ނުކުތްއިރު، މި ސީޒަން ނިއްމާލީ ބެލުންތެރިން ރޮށްވާލަމުންނެވެ. އެއީ ސީރީޒްގެ ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ ކެރެކްޓަރ “ނައިރޯބީ”ގެ މަރާއެކުއެވެ. އަދި ސީޒަން ހަތަރެއް ނިއްމާލިއިރުވެސް، “ބޭންކް އޮފް ސްޕެއިން” ގެ ހައިސްޓްގެ މިޝަން ކާމިޔާބުވެފައެއް ނުވެއެވެ.
އެންމެ ސިއްސުވާލި ނައިރޯބީގެ މަރުގެ އިތުރުން، ސީޒަން 4 ނިއްމާލިއިރު،، އިންސްޕެކްޓަރު އެލީސިއާ ވަނީ ސީރީޒްގެ މައިގަނޑު ކެރެކްޓާ ޕްރޮފެސަރު ހުރި ތަނެއް ހޯދައި އޭނާ ގާތަށް ގޮސްފައެވެ. އަދި ޕްރޮފެސަރގެ ލޯބިވެރިޔާ ލިސްބަން ފުލުހުން ކިބައިން މޮޅު ރޭވުމަކުން ސަލާމަތް ކުރުމަށްފަހު، ބޭންކް އޮފް ސްޕެއިންގެ ތެރެއަށް ވަދެ ހައިސްޓްގެ އިތުރު މެންބަރުންނާއި ގުޅެއެވެ. އަދި ހައިސްޓްގެ ހުރިހާ މެންބަރުން ވެގެން ނައިރޯބީއަށްޓަކައި ހައިސްޓް ކާމިޔާބުކުރުމަށް ވަނީ އަޒުމު ކަނޑައަޅާފައެވެ.
މަނީ ހައިސްޓް” އަކީ 2017 އިން ފެށިގެން ގެނެސް ދޭންފެށީ ކްރައިމް ޑްރާމާ ސިލްސިލާއެކެވެ. މި ސީރީޒް ގައި ކިޔައި ދެނީ ބަޔަކު ވަރަށް ބޮޑަށް ޕްލޭންކޮށެގެން ބޭންކްތަކެއް ލޫޓްވައިލަން ކުރާ މޮޅު މަސައްކަތްތަކެއްގެ ތެރޭގައި ހިނގާ ހާދިސާތަކެކެވެ.
މަނީ ހައިސްޓް ސީޒަން 5 ގައި ހިމެނޭނީ މުޅިއަކު 10 އެޕިސޯޑެވެ.



