ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހާއި، އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ މެންބަރުންނާއި ބައްދަލުވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިދިކޮޅު ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރަށް ރައްދު ދެއްވައިފިއެވެ.
އާދަމް ޝަރީފު ކުރެއްވި ޓްވީޓަކަށް ރައްދަ ދެއްވަމުން އާޒިމް ވިދާޅުވީ އެބޭފުޅުންނާއި ވެރިމީހާ އާއި ބައްދަލުވާ ކަމަށެވެ. ވެރިމީހާ އާއި މެންބަރުންނާއި ބައްދަލު ނުވަނީ ނިމިދިޔަ ސަރުކާރުގައި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރު ދަމަހައްޓާނީވެސް ނުވަތަ ވެރިކަން ބަދަލު ކުރާނީވެސް ރައްޔިތުން ކަމަށެވެ.
އާދަމް ޝަރީފު ކުރެއްވި ޓްވީޓުގައި ބުނެފައިވަނީ ސަރުކާރު ވެއްޓުނަނުދީ ނެގެހެއްޓުމުގައި ޙާއްސަކޮށް ވެރިކަންކުރާ ޕާޓީގެ މެންބަރުންގެ ދައުރު ނުހަނު ބޮޑު ކަމަށެވެ.
ވެރިމީހާއަށް އެ މެންބަރުންނާއި ބައްދަލުކޮށް މަޝްވަރާ ނުކުރެވޭނަމަ ދެން ބައްދަލުކޮށް މަޝްވަރާ ކުރެވޭނީ ކޮން ބަޔަކާތޯ އާދަމް ޝަރީފު ވަނީ ސުވާލު ކުރައްވާފައެވެ.
Alhugadumennaa verimeehaa aa bahdhaluve. Thee nimidhiya sarukaaruga thiyakan oiy goiy. Sarukaaru dhamahataaneeves nuvatha verikan badhalukuraaneeves rahyyithun. https://t.co/Wgf9EyV0gR
— ??? ???? (@aliaazim) August 2, 2020
އިދިކޮޅުން ވަނީ “އެންމެން އެއް އަޑަކުން” ނަމުގައި މިދިޔަ މިނިވަން ދުވަހުގެރޭ މާލޭގައި ސިލްސިލާކޮށް މުޒާހަރާއެއް ކުރަން ފަށައިފައެވެ. ނަމަވެސް ޢީދަން މެދު ކަނޑާލާފައިވާ މުޒާހަރާތައް ދެން ފަށާނީ އީދު ބަންދަށް ފަހުގައި ކަމަށް އިދިކޮޅުން ވަނީ ބުނެފައެެވެ.



