އުމްރާއަށް ގޮސް ހުރި ދިވެހި އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ގޮސް ހުރި ކ.ދިއްފުއްޓަށް ނިސްބަތްވާ އަންހެނެކެވެ.
ގެއްލުނު އަންހެން މީހާގެ އާއިލާއާ ހަވާލާދީ ދިވެހި މީޑިއާގައި ރިޕޯޓްކޮށްފައިވަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރެ އިން ފެށިގެން ގެއްލިފައިވާ މި ދިވެހި އަންހެން މީހާ ފުލުހުންގެ އެހީތެރިކަމާއެކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެފައިވާކަމަށެވެ.
އޭނާ ބުނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އޭނާގެ ދައްތަ ހޯދުމަށް މަސައްކަތް ކޮށްދިނުމަށް އެދުމުން އެމައުލޫމާތު ފޮރިން މިނިސްޓްރީ އާއި ހިއްސާކޮށް އޭނާގެ ދައްތަ ހޯދުމުގެ މަސައްކަތް ކުރަން ހައްޖު ކޯޕަރޭޝަނުން ބޭނުން ނުވާ ކަމަށެވެ.
"އެބޭފުޅުން ވިދާޅުވަނީ މިފަދަ ކަންކަމުގައި އޮންނަނީ ހޯދަން މަސައްކަތް ކުރުން ކަމަށް. ނަމަވެސް ރާއްޖެ އިން ބޭރުގައި ހިނގި ކަމަކަށް ވާތީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކުރެވޭނެ ކަންތައްތަކެއް ހުންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ." ފޮރިން މިނިސްޓްރީ މެދުވެރިކޮށް ހޯދުމަށް މަސައްކަތް ކޮށްދިނުމަށް އެދުމުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރަން ހައްޖު ކޯޕަރޭޝަނުން ބޭނުން ނުވާ ކަމަށް ބުނެ އޭނާގެ ދައްތަ އޮންލައިން ނޫސް "ވަގުތު" އަށް ބުނެފައިވެއެވެ.
ގެއްލިގެން ހޯދަމުން ދަނީ މެދު އުމުރުގެ އަންހެނެކެވެ. އޭނާ އާއި އެކު އޭނާގެ ފިރިމީހާ ވެސް އުމްރާއަށް ދިޔައެވެ.
(ތަފްސީލު އަންނަނީ)



