މަކުނުދޫވެސް ކަރަންޓީންކޮށްފި

ހދ. މަކުނުދޫވެސް ކަރަންޓީންގެ ހާލަތަށް ގެންގޮސްފިއެވެ.

އެރަށް ކަރަންޓީންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު 15:35 ގައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވިދާޅުވެފައި ވަނީ މަކުނުދޫ ކަރަންޓީންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުގައި މިވަގުތު ތިބި ބައެއް މީހުންގެ ކިބައިން، ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން، ޞިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށް ކަމަށެވެ.

އެގޮތުން އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު އެ ރަށަށް އެރުން އެޗްޕީއިން ވަނީ މަނާކޮށްފައެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫން އަބޫބަކުރު ވިދާޅުވެފައި ވަނީ މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި އިން ރައްކާތެރިވުމަށް އާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން އެފަރާތަށް ލިބިފައިވާ އިޚްތިޔާރުގެ ތެރެއިން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން މަކުނުދޫ މިއަދު 15:35 އިން ފެށިގެން ކަރަންޓީން ކުރެވިފައިވާ ރަށެއްކަމަށެވެ.

ރާއްޖޭގައި މިހާތަނަށް 4164 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިހާތަނަށް 2643 މީހަކު މި ބަލިން ރަނގަޅު ވެފައިވާއިރު، 18 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ