ހއ. އިހަވަންދޫގައި ހޯމް ކަރަންޓީންކޮށްފައި ހުއްޓާ ފިލާފައިވަނީ އެދާއިރާ މަޖިލީސް މެމްބަރު ޝިފާއުގެ ކޮއްކޮ ކަމަށް މިނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
އެ މީހާ ފިލާފައި ވަނީ ޑޮކްޓަރަށް ދެއްކުމަށް އެރަށު އާމިނާ ދިޔޯ ޞިއްޙީ މަރުކަޒަށް ގެންގޮސްފައި ހުއްޓާއެވެ.
ފުލުހުންގެ ބެލުމުގެ ދަށުން މިރޭ ޑޮކްޓަރަށް ދައްކަން ގެންދިޔަ އެމީހާ ފިލާފައިވަނީ ޞިއްޙީ މަރުކަޒުގެ ވާޑްގެ ކުޑަދޮރުން ފުންމާލައިގެން ކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ.
އިހަވަންދޫއިން މިނޫހަށް މައުލޫމާތު ދިން ފަރާތަކުން ހާމަ ކުރިގޮތުގައި ކަރަންޓީނުގައި ހުއްޓާ ފިލާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއުގެ ކޮއްކޮއެވެ. މީނާ އަކީ މިމަހުގެ 1 ވަނަ ދުވަހު މާލެއިން އިހަވަންދުއަށް ކަރަންޓީނަށް އައިސްފައިވާ ފަރާތެކެވެ.
މި މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާންމު ރައްޔިތުން މިހާރުވެސް ދަނީ ކުރަމުންނެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.
								
											


														
														
														
														
														
														
								
ހިޔާލު
fenvarutha eii haha