ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، 2020 އޮގަސްޓު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާތީވެ،މި މިއްދަތު ތެރޭގައި ޓެކްސް ދައްކަވާ ފަރާތްތަކުން އޮންލައިންކޮށް ޙިދުމަތް ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އެދިއްޖެއެވެ.
މީގެކުރިންވެސް ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު، މީރާއިން ވަނީ، އޮންލައިންކޮށް ޙިދުމަތް ހޯދުމަށް ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑަށް އެދިފައެވެ. އެގޮތުން މީރާއިން ފޯރުކޮށްދޭ ގިނަ ޙިދުމަތްތަކަކީ، އޮންލައިންކޮށް ހޯއްދެވޭނެ ޙިދުމަތްތަކެވެ.
އެގޮތުން މީރާގެ އޮންލައިން ޙިދުމަތް މީރާ ކަނެކްޓް ނުވަތަ މީރާ މޮބައިލް އެޕްލިކޭޝަން ނުވަތަމ މީރާ ވެބްސައިޓްގައިވާ ވާރުޕޭ ޙިދުމަތް މެދުވެރިކޮށް މީރާއިން ދޭ ގިނަ ޙިދުމަތްތައް އޮންލައިންކޮށް ލިބޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.
Also, please view the important guidelines for taxpayers who plan to visit MIRA’s Taxpayer Service Centre. pic.twitter.com/FieVjpsNVs
— MIRA (@MIRAmaldives) August 3, 2020
ފަސޭހަކަމާއެކު ޙިދުމަތް ހޯއްދެވުމަށް، މީރާގެ އޮފީހަށް އައުމުގެ ބަދަލުގައި، އޮންލައިން ޙިދުމަތްތައް ބޭނުންކުރުމަށް މީރާއިން އިލްތިމާސްކޮށްފައިވީނަމަވެސް، ކޮންމެހެން އަންނަންޖެހިއްޖެނަމަ ޓެކްސް ދައްކާފަަރާތްތަކާއި މުވައްޒަފުން އަމަލުކުރާނެ އުސޫލުތަކެއް މީރާއިން ކަނޑައަޅާފައިވެއެވެ.
MIRA will be open for service tomorrow. Please note that the following deadlines are coming up tomorrow. pic.twitter.com/Ru6NV9jp5g
— MIRA (@MIRAmaldives) August 3, 2020
މީގެ އިތުރުން މިއަދު މުއްދަތު ހަމަވާ ޓެކްސްތައް ދެއްކުމަށް މިއަދު މީރާގެ އޮފީސް ހުރީ ހުޅުވާފައިކަމަށް މީރާއިން ބުނެފައިވެއެވެ،.




