މާސްކް ނާޅައިގެން މިހާތަނަށް 73 މީހުން ޖޫރިމަނާކޮށް 645 މީހަކަށް ނަސޭހަތް ދީފި

މާލޭ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އަނެއްކާވެސް އިތުރުވާން ފެށުމުން މިބަލި ފެތުރުން ކޮންޓުރޯލް ކުރުމަށްޓަކައި 31 ޖިލައި 2020 އިން ފެށިގެން މާލެ ސަރަހައްދުގައި އާންމު ތަންތަނަށް ނިކުމެ އުޅޭއިރު މާސްކް އަޅައިގެން ނިކުމެ އުޅެން އެންގި އެންގުމާ ހިލާފުވި 73 މީހަކު ޖޫރިމަނާކޮށް 645 މީހަކަށް ނަސޭހަތް ދީފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޭސީ)ގެ ފަރާތުން ދަރުބާރުގޭގައި ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މާސްކު ނާޅާ އުޅުނު 654 ފަރާތަކަށް ނަސޭހަތް ދެވިފައިވާ ކަމަށާއި އަދި 73 ފަރާތެއް މިހާތަނަށް ވަނީ ޖޫރިމަނާ ކުރެވިފައި ކަމަށެވެ.

މާލެ ސަރަހައްދުގެ އާންމު ތަންތަނުގައި އުޅޭއިރު މާސްކް ނާޅާ މީހުން 1،000ރ. އިން ޖޫރިމަނާ ކުރަން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައި ފުލުހުން އެކަން ބަލަން ފަށައިފައިވަނީ މި1 އޮގަސްޓް 2020 ގައެވެ.

ކޮވިޑް-19 އަށް މުޅި ރާއްޖެއިން މިހާތަނަށްވަނީ 4293 މީހުން ޕޮޒިޓިވުވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ 2670 މީހުންނެވެ. އަދި މިބަލީގައި 18 މީހަކުވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ