އުނގޫފާރު ހޮސްޕިޓަލުން މާލެ ފޮނުވާލި މީހަކު ކޮވިޑް-19 ޕޮޒިޓިވް ވެއްޖެ

އުނގޫފާރު ހޮސްޕިޓަލުން މާލެ ފޮނުވާލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް، އިއްޔެ މާލެ ފޮނުވާލި ބަލި މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އޭނާގެ ދެވަނަ ސާމްޕަލް އެއް ނަގައި ޓެސްޓު ކުރުމުން ދެވަނަ ސާމްޕަލްވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

"ފެށުން" އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުއްނާޞިރު އަލީ ވިދާޅުވީ އެމީހާ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އުނގޫފާރު ކަރަންޓީން ކުރުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުން ގެންދާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. ނަމަވެސް އަދި ރަސްމީކޮށް އެޗްޕީއޭ އިން ކައުންސިލަށް އެކަން އަންގާފައި ނުވާ ކަމަށް ނާޞިރު ވިދާޅުވިއެވެ.

އިއްޔެ މާލެ ފޮނުވާލި މި ބަލި މީހާއަކީ ޅ.އޮޅުވެލިފުށި މީހެއް ކަމަށް މި ނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެމީހާ މާލެ ފޮނުވާލުމުގެ ކުރިން އުނގޫފާރު ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓުކުރި ނަމަވެސް އެ ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.

ރެއިން ފެށިގެން އެ މީހާ އާއި ކޮންޓެކްޓްވި ޑޮކްޓަރުން ހޯމް ކަރަންޓީން އަށް ލާފައިވާއިރު އެ ޑޮކްޓަރުންނަށް ދެއްކުމަށް ހައްދާފައިވާ އެޕޮއިންޓްމަންޓުތައް ވަނީ ކެންސަލް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ