ރާއްޖޭގެ މަޝްހޫރު ލަވަކިުންތެރިޔާ މޭނާ ޙައްސާން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރާއެކު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންދިފައެވެ.
މޭނާ ޙައްސާން ޑިއާރުޕީއަށް ސޮއިކުރައްވާ ވީޑިއޯއާއެކު ޖާބިރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ބްރަދަރ މޭނާ ހައްސާން ސިޔާސީ މަސައްކަތަށް ނުކުތުމަކީ ލިބުނު ހިތްވަރެއްކަމަށާއި، އަދި ޖާބިރުއަކީ ހައްސާންގެ އެންމެ ބޮޑު އެއް ސަޕޯޓަރުކަމަށެވެ.
އަޅުގަނޑުގެ ބްރަދަރ މޭނާ ހައްސާން ސިޔާސީ މަސައްކަތަށް ނުކުތުމަކީ ލިބުނު ހިތްވަރެއް! އަޅުގަނޑަކީ ހައްސާންގެ އެންމެ ބޮޑު އެއް ސަޕޯޓަރ، ރާއްޖޭގެ ނަންބަރު 1 ލެޖެންޑް! ވަގުތު ނެތޭ ވަގުތު ނެތޭ! މަސައްކަތަށް އެންމެން ނުކުމޭ! ޑީއާރްޕީއަށް މަރުހަބާ! pic.twitter.com/luv9XDgsTi
— Abdulla jabir (@chairmanjabir) August 4, 2020
ޑީއާރުޕީއަށް ސޮއިކުރުމަށްފަހު މޭނާ ޙައްސާން ވިދާޅުވީ، ޑީއާރުޕީއާއި އޭނާ ގުޅުނީ އެޕާޓީއަކީ ދިވެހި ރައްޔިތުން އެންމެ ލޯބިވާ ޕާޓީއަށް ހެދުމުގެ ހެޔޮ ނިޔަތުގައިކަމަށެވެ.
Mashhoor lavakiyun theriyaa Meyna Hassaan #DRP aai gulhi vadaigannavaifi. Adhi #DRP ge Spokesperson akah Meyna Hassaan vanee ayyan kuravvaafa @VaguthuOnline @Sangu_tv @Raajje_tv @raajjemv @avasmv @cnm_mv @Mihaarunews @aafathismv @oneonlinemv @DhiyaresNews pic.twitter.com/tqwCSOHbiX
— DRP (@drpmaldives) August 4, 2020
ޖާބިރު ޑީއާރުޕީގެ ލީޑަރުކަމަށް ވަޑައިގެންނެވީ މީގެ އަހަރެއް ކުރިންނެވެ. ޖާބިރާއި އެޕާޓީގެ ލީޑަރުކަން ޙަވާލުވިއިރު، އެޕާޓީ ފެނިގެން ގޮސްފައިވަނީ ސިޔާސީ ގޮތުން ވަރަށް ހަރަކާތްތެރިކަން ކުޑަ ޕާޓީއެއްގެ ގޮތުގައެވެ. އެހެންކަމުން އެޕާޓީ އަލުން ކޮޅަށް ޖެހުމަށް އެމަނިކުފާނު ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ޑީއާރްޕީ އުފެދިގެން އައީ 2005 ވަނަ އަހަރުގެ ޖުލައި 21 ވަނަ ދުވަހުއެވެ. ޑީއާރްޕީ އަކީ ރާއްޖޭގައި އުފެދުނު ދެވަނަ ސިޔާސީ ޕާޓީއެވެ.





ހިޔާލު
ދެން ނަށާގަދަޔަށް