ޖާބިރާއި މޭނާ ޙައްސާންގެ ފޯރިގަދަ ޑާންސެއް!

ރާއްޖޭގެ މަޝްހޫރު ލަވަކިުންތެރިޔާ މޭނާ ޙައްސާން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރުގެ ފޯރިގަދަ ޑާންސެއް ފެނިގެން ހިނގައްޖެއެވެ.

އާންމުންނަށް މިފޯރިގަދަ ޑާންސްގެ ފެނުމު ފުރުޞަތު ލިބިފައިމިވަނީ މޭނާ ޙައްސާން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އަށް ސޮއިކުރެއްވި ރަސްމިއްޔާތުގައެވެ. މޭނާ ޙައްސާން ޑީއާރުޕީއަށް ސޮއިކުރުމަށްފަހު ޖާބިރުއާއެކު ކޮށްފައިވާ ފޯރިގަދަ ޑާންސް މިހާރު މީސްމީޑިއާގައި އާންމުވެފައިވާއިރު އެދެބޭފުޅުން ޑާންސްކޮށްފައިވަނީ "ވަގުތުނެތޭ ވަގުތުނެތޭ" މިލަވައަށެވެ.

މޭނާ ޙައްސާން ޑިއާރުޕީއަށް ސޮއިކުރައްވާ ވީޑިއޯއާއެކު ޖާބިރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ބްރަދަރ މޭނާ ހައްސާން ސިޔާސީ މަސައްކަތަށް ނުކުތުމަކީ ލިބުނު ހިތްވަރެއްކަމަށާއި، އަދި ޖާބިރުއަކީ ހައްސާންގެ އެންމެ ބޮޑު އެއް ސަޕޯޓަރުކަމަށެވެ.

ޑީއާރުޕީއަށް ސޮއިކުރުމަށްފަހު މޭނާ ޙައްސާން ވިދާޅުވީ، ޑީއާރުޕީއާއި އޭނާ ގުޅުނީ އެޕާޓީއަކީ ދިވެހި ރައްޔިތުން އެންމެ ލޯބިވާ ޕާޓީއަށް ހެދުމުގެ ހެޔޮ ނިޔަތުގައިކަމަށެވެ.

ޖާބިރު ޑީއާރުޕީގެ ލީޑަރުކަމަށް ވަޑައިގެންނެވީ މީގެ އަހަރެއް ކުރިންނެވެ. ޖާބިރާއި އެޕާޓީގެ ލީޑަރުކަން ޙަވާލުވިއިރު، އެޕާޓީ ފެނިގެން ގޮސްފައިވަނީ ސިޔާސީ ގޮތުން ވަރަށް ހަރަކާތްތެރިކަން ކުޑަ ޕާޓީއެއްގެ ގޮތުގައެވެ. އެހެންކަމުން އެޕާޓީ އަލުން ކޮޅަށް ޖެހުމަށް އެމަނިކުފާނު ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ޑީއާރްޕީ އުފެދިގެން އައީ 2005 ވަނަ އަހަރުގެ ޖުލައި 21 ވަނަ ދުވަހުއެވެ. ޑީއާރްޕީ އަކީ ރާއްޖޭގައި އުފެދުނު ދެވަނަ ސިޔާސީ ޕާޓީއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ