ލެބަނާނުގައި ބާރުގަދަ ގޮވުންތަކެއް ގޮވައިފި

ލެބަނާނުގެ ކުރީގެ ބޮޑުވަޒީރު ރަފިގް ހަރީރީ 2005 ވަނަ އަހަރު އަވަހާރަ ކޮށްލި ހާދިސާގެ ޝަރިއްޔަތް ނިންމައި ހުކުމް އިއްވަން ތާވަލް ކޮށްފައި ވަނިކޮށް ލެބަނާނުގައި ބާރުގަދަ ގޮވުންތަކެއް ގޮވައިފިއެވެ.

މި ގޮވުންތައް ގޮވައިފައިވަނީ ލެބަނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުމަތީ ސަރަހައްދެއްގައެވެ. މި ގޮވުންތައް ގޮވަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައި ނުވާއިރު ލެބަނާނުގެ ސިއްހަތާބެހޭ ވަޒީރު ވިދާޅުވެފައިވަނީ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެ ގިނަ ގެއްލުންތަކެއް މި ގޮވުންތަކުގެ ސަބަބުން ލިބިފައިވާ ކަމަށެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެއްނަ ގޮތުގައި ބަނދަރު ސަރަހައްދުގައި ދެގޮވުމެއް ގޮވައިފައި ވެއެވެ. އަދި ދެވަނަ ގޮވުމުގެ ބާރު ގަދަކަމުން ދުރުގައި ހުރި އިމާރާތްތަކަށް އޭގެ ލޮޅުން އަރައިފައި ވެއެވެ.

#BREAKING A massive explosion has rocked a port in Beirut

Posted by Meteorologist Brad Sowder on Tuesday, August 4, 2020

ރަފިގް ހަރީރީ އަވަހާރަ ކޮށްލި މައްސަލައިގައި ދައުވާ ކުރަނީ އަވައްޓެރި އީރާނުގެ ވާގިވެރިކަމާއެކު ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތަށް ނިސްބަތްވާ ހަތަރު މީހެއްގެ މައްޗަށެވެ. ހިޒްބުﷲ އިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބުނަމުން އަންނަނީ ރަފިގް ހަރީރީ އަވަހާރަ ކޮށްލުމުގައި ހިޒްބުﷲގެ އަތެއް ނެއްކަމަށެވެ.

ރަފިގް ހަރީރީ 2005 ވަނަ އަހަރު އަވަހާރަ ކޮށްލައިފައިވަނީ އެމަނިކުފާނު ދަތުރުކުރަމުން ދިޔަ ކާރު ގޮއްވައިލައިގެންނެވެ. ރަފިގް ހަރީރީ އަކީ ލެބަނާނުގެ ސުންނީގެ އިސް ސިޔާސީ ލީޑަރެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ