ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފިތުރު ޒަކާތް ދެއްވުމަށް ބާރުއަޅުއްވާ ޓުވީޓު ކުރައްވައި ފިއެވެ.
އެމަނިކުފާނު ފިތުރު ޒަކާތް ދިނުމަށް ވަޑައިގެން ހުންނަވާ ފޮޓޯއެއް ޓުވީޓު ކުރައްވާ ވިދާޅުވެފައިވަނީ، "ނިކަމެތިން މަތިން ހަނދުމަފުޅު ކުރައްވާ، ފިތުރު ޒަކާތް ދައްކަވާ" މިހެންނެވެ.
Nikamethin mathin handhumafulhu kuravva. Fitr zakaiy dhakkavaa pic.twitter.com/nSkTgYpMJA
— Mohamed Nasheed (@MohamedNasheed) May 20, 2019
މި އަހަރުގެ ފިތުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯ ހަނޑުލެވެ.
ފިޠުރު ޒަކާތަކީ، ކޮންމެ މުސްލިމަކު، ތިމާއާއި، ތިމާ ޚަރަދުކުރަން ޖެހޭ މީހުން، ޢީދު ވިލޭރެއާއި، ޢީދު ދުވަހު ކާނޭ ތަކެތި ހުރެފައި، އިތުރަށް ހުރި އެއްޗަކުން ތިމާއާއި ތިމާ ޚަރަދު ދިނުން ލާޒިމު އެންމެންގެ ފަރާތުން، ތިމާ ދިރިއުޅޭ މުޖުތަމަޢުގެ ފަޤީރުންނަށް ދިނުން، ފަރުޟު ކުރައްވައިފައިވާ އެއްޗެކެވެ.