9 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭ 71 އަހަރުގެ ފިރިހެން މީހާ - ފޮޓޯ: މީސްމީޑިއާ

ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކުރީ މަންމަގެ ލޯބިވެރިޔާ

ގދ.ތިނަދޫގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ މަންމަގެ ލޯބިވެރިޔާކަން "ފެށުމަށް" ޔަގީން ކުރެވިއްޖެއެވެ.

ޖިންސީ ގޯނާގެ މައްސަލައިގައި 71 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއިރު، މީގެ ކުރިން ފުލުހުން ވިދާޅުވެފައިވަނީ 9 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވެނީ އެ ކުއްޖާގެ އެއްބަނޑު އެއްބަފާ އުމުރުން 16 އަހަރުގެ އަދި އުމުރުން 13 އަހަރުގެ ބޭބެއަށް ކަމަށެވެ.

ނަމަވެސް، "ފެށުމަށް" ޔަޤީންކުރެވިފައިވާ ގޮތުގައި މި މައްސަލައިގައި އިއްޔެ ފުލުހުން ހައްޔަރުކޮށްފައިވަނީ، ޖިންސީ އަނިޔާ ލިބުނު 9 އަހަރުގެ ކުއްޖާގެ މަންމަގެ ޒަމާންވީ ލޯބިވެރިޔާއެވެ. އެމީހާގެ ފޮޓޯ ވަނީ މީސްމީޑިއާގައި އާއްމުވެފައެވެ.

އިއްޔެ ހައްޔަރުކުރި އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާ މީގެ ކުރިންވެސް ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށާއި، ނަމަވެސް އެފަހަރު އޭނާ ދޫކޮށްލީކަމަށް އެރަށުން "ފެށުމާ" ވާހަކަދެއްވި ފަރާތްތަކުން ބުނެއެވެ. އަދި ކުއްޖާގެ ދެ ބޭބެއަށް ތުހުމަތު ކުރެވޭ ގޮތަށް ތަހުގީގު ފެށީ އޭގެ ފަހުން ކަމަށްވެސް އެރަށުގެ މީހުން ތުހުމަތު ކުރެއެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ފަރާތް ހައްޔަރުކުރުން ލަސްވެގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ފުލުހުންގެ ތަރުޖަމާނު އިއްޔެ ވިދާޅުވީ، އެފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކުރާނީ އެކަށީގެންވާ ހެއްކާއެކު ކަމަށެވެ.

ތިނަދޫ ސްކޫލްގެ ގްރޭޑް 3 ގައި ތަޢުލީމު ހާސިލްކުރަމުންދިޔަ ކުއްޖާއަށް ޖިންސީ ގޯނާކުރި، އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާ ހައްޔަރުކުރަން ނެރުނު ކޯޓު އަމުރުގައި ވަނީ 2019 ވަނަ އަހަރު އެކި ފަހަރުމަތިން 18 އަހަރު ނުވާ ދެ ކުޑަކުއްޖަކާއެކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީއާއި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވަފާނެ ކަމަށް ބެލެވޭތީ އާއި މަޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ