ބައެއްގެ އަންބޮނޑީގައި ޖޭއެސްސީ ބާއްވައިގެން ޖަރީމާތައް ހިންގާ ހިންގުން ހުއްޓުވަން ނިކުންނަން ނުވޭތޯ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ސުވާލު އުފައްދަވައިފިއެވެ.
މޮސްޓާ މިއަދު ކުރެއްވި ޓްވީޓެއްގައި، މީގެ ކުރިން ފަނޑިޔާރުގެ މިނިވަން ނުވެގެން އުޅުނު މީހުން މިއަދު ވީ ކޮނތާކުތޯ ސުވާލު ކުރައްވާފައި ވެއެވެ. އަދި ބައެއްގެ އަންބޮނޑީގައި ޖޭއެސްސީ ބާއްވައިގެން ޖަރީމާތައް ހިންގުން ހުއްޓުވަން ނިކުންނަން ނުވޭތޯވެސް ސުވާލު ކުރައްވާފައި ވެއެވެ.
Meege kurin fandiyaaruge minivan nuvegen ulhunu meehun miadhu kobai tho... Baeh ge anbondeega @MaldivesJSC baah vaagen jareema thah hingun huttuvan nikunnan nuvay baa... @aliaazim @Imthiyazfahmy @hisaanhussain @AleeVoice @a_usham @MoosesSiraj @Shiyamaldives @SCMaldives
— Mohamed Nasheed Abdulla (@MNA_MosTaaA) August 5, 2020
ޖޭއެސްސީގެ ރައީސް ޙިސާން ޙުސައިން އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެންބަރެވެ. ޙިސާން އަކީ ތުޅާދޫ ދާއިރާގެ މެންބަރެވެ. ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ޙުސްނިއަކީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މެންބަރެވެ. މަސްތޫރު ޖޭއެސްސީގެ ނައިބު ރައީސްކަމަށް އައިސްފައިވަނީ އެ މަޤާމްގައި ހުންނެވި މެންބަރު އިބްރާހީމް ރިޒާ އިތުބާރުނެތްކަމުގެ ވޯޓެއްނަގައި މަޖިލީހުން އޭނާ އެކޮމިޝަނުން ވަކިކުރުމުންނެވެ.
އިބްރާޙީމް ރިފްޢަތު އަކީ ބަންޑާރަ ނައިބުގެ މަޤާމް ފުރުއްވަމުންއަންނަ ބޭފުޅާ ކަމުން މި ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ރިފްޢަތު ވަނީ ހިމެނިފައެވެ. ދެން ޖޭއެސްސީގައި ހިމެނެނީ މަޖިލިސް ރައީސް މުޙައްމަދު ނަޝީދު އާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު ޢަލީ ސަމީރު އާއި، ދަށުކޯޓްތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓްތަކުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު ޢަލީ ޝަރީފް އާއި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލްކަންކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެތެރެއިން އެބައިމީހުން އިންތިޚާބުކުރެއްވި ޤާނޫނީ ވަކީލު ޢަބްދުލްމާނިޢު ޙުސައިން އާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅުއްވާ މެމްބަރެކެވެ.