ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ބޭފުޅަކުހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް، ދަފްތަރު. ނަންބަރު 4336 އެވެ. އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވާފައި ވަނީ މިއަދުއެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޑރ. އަބްދުﷲ މަޢުޞޫލް އައްޔަން ކުރައްވާފައި މިވަނީ އެ މަޤާމްގައި ކުރިން ހުންނެވި އަލީ ވަހީދު އެމަޤާމުން ދުރު ކުރެއްވުމާއި ގުޅިގެންނެވެ. އެގޮތުން ޢަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުގެ މަޤާމުން ރައީސުލް ޖުމްހޫރިއްޔާ ދުރު ކުރައްވާފައި ވަނީ އެ ބޭފުޅާއަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކަކާއި ގުޅިގެން ޖުލައި 9 ވަނަ ދުވަހުއެވެ.

ޢަލީ ވަހީދު އަކީ ޖުމްހޫރީ ޕާޓީގެ ފަރާތުން ޓޫރިޒަމް މިނިސްޓަރު ކަމުގެ މަޤާމަށް އައިސްފައިވާ ބޭފުޅެކެވެ. އެ މަޤާމަށް އަލަށް އައްޔަން ކުރެވުނު ޑރ. ޢަބްދުﷲ މަޢުޞޫމް އަކީވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެކެވެ.

ޑރ. މަޢުޞޫމް އަކީ ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވާފައިވާ އެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ