ސްރީ ލަންކާގައި އިއްޔެ ބޭއްވި ޕާލިމެންޓު އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން ވެރިކަންކުރާ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)އިން އެގައުމުގެ ޕާލިމެންޓަރީ އިންތިހާބު ކާމިޔާބު ކޮށްފިއެވެ.
މިހާތަނަށް 98 ގޮނޑިއެއްގެ ނަތީޖާ އެގިފައިވާއިރު އޭގެ ތެރެއިން 72 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ރާޖަޕަކްސަގެ އެސްއެލްޕީޕީ އިންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ދެ ފަހަރެއްގެ މަތިން ފަސްކުރި އިންތިޚާބުގައި އިއްޔެ ވޯޓުލާފައި ވަނީ ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ. ލަންކާގައި އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓު ލާން 16.2 މިލިއަން މީހުން ރެޖިސްޓާ ކުރި އިރު އޭގެ ތެރެއިން 71 ޕަސެންޓު މީހުން ވޯޓުގައި ބައިވެރިވެފައި ވެއެވެ. ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި 83 ޕަސެންޓް މީހުން ވޯޓުލާފައިވެ އެވެ.
އިއްޔެ ބޭއްވި އިންތިހާބުގެ ވޯޓު ގުނަން މިއަދު ހެނދުނު ފަށައިފައިވާއިރު ރައީސް ގޯޓާބޭ އާއި ބޮޑު ވަޒީރު މަހިންދާ އުއްމީދު ކުރައްވަނީ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ލިބޭނެ ކަމަށެވެ. އެގައުމުގެ 225 މެމްބަރުން ތިއްބަވާ ޕާލިމެންޓުން އަޣުލަބިއްޔަތު ލިބޭނީ 150 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކަށެވެ.
@PodujanaParty has won a landslide victory in #LKAElections2020 results released so far.
I am confident of the capability of establishing a strong parliament to implement #vistasofprosperity with the power given to us. pic.twitter.com/TLxP6wtd8J— Gotabaya Rajapaksa (@GotabayaR) August 6, 2020
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މަހިންދާ ޑެޝަޕްރިޔާ ވިދާޅުވީ އިއްޔެ ވޯޓުލުން ކުރިއަށް ދިޔަ އިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ.



