ޕީއެންސީގެ ރައީސް އަބްދުއްރަހީމް

ޔާމީނަށް ނުޙައްގުން ގަޞްދުގައި އަނިޔާ ދެމުން ދަނީ ސީދާ ރައީސް ޞާލިޙު: އަދުރޭ

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ޙުކުމްކުރި ފަނޑިޔާރު ޢަލީ ރަޝީދު ސުޕްރީމްކޯޓަށްލުމަށް ނިއްމެވުމުން ޔަޤީންވެގެންދަނީ، ޔާމީނަށް ނުޙައްގުން ގަޞްދުގައި އަނިޔާ ދެމުން ދަނީ ސީދާ ރައީސް ޞާލިޙުކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީނަށް ނުޙައްގު ޙުކުމް ކުރި ފަނޑިޔާރު ޢަލީ ރަޝީދަށް ސްޕްރީމް ކޯޓުގެ ގޮނޑިއެއް ދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ނިންމެވުމުން އެނގިގެންދަނީ މި ސަރުކާރުން ކޯޓުތަކަށް ހަތަރެސް ފަޔާ ބޮލާ ލޯވެސް ބާނާފައިވާކަަމަށެވެ.

މީގެ އިތުރުން، ރައީސް ޞާލިޙުގެ މިނިންމެވުމުންވެސް ރައީސް ޔާމީނުގެ ޙުކުމަށް ރައީސް ޞާލިޙު ނުފޫޒު ފޯރުވި މިންވަރު ޔަޤީންވެގެން ދިޔަކަމަށާއި ފަނޑިޔާރު ޢަލީ ރަޝީދު ސުޕްރީމްކޯޓަށްލަނީ ހަދިޔާއަކަށްކަމަށްވެސް އަދުރޭ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަމާމެދު މަޝްވަރާ ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވައިވާކަން ރައީސް ސާލީޙް ހާމަކުރެއްވީ އިއްޔެއެވެ.

އެގޮތުން އިއްޔެ ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑޮކްޓަރ މުޙައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް މިއަދު ފޮނުވާފައިވާނެކަމަށެވެ.

އޭގެތެރެއިން ޤާޒީ އަލީ ރަޝީދު ހުސައިން އަކީ ކުރީގެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ފަނޑިޔާރުއެވެ.

.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ