ބޭސްފިހާރައަށް ދިޔަ އަންހެނަކަށް އިންޑިއާ ސޭޓަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މާލޭގައި ފާމަސީއަކަށް ދިޔަ އަންހެނަކަށް ޖިންސީ ޖޯނާ ކުރި މައްސަލަ ރޭ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.
މި މައްސަލާގައި ޖިންސީ ފުރައްސާރަ އާ ކުރިމަތިވެފައިވަނީ 22 އަހަރުގެ އަންހެނަކަށެވެ. ޖިންސީ ފުރައްސާރަ އާ ކުރިމަތިވެފައިވާ މީހާ އާ ހަވާލާދީ ވޮއިސް ނޫހުން ބުނެފައިވަނީ ބޭސް ގަންނަން ބެސް ފިހާރައަށް ގޮސް ބޭސް ގަނެގެން ކައުންޓަރު ކައިރީ އަރިއަކަށް ހުއްޓައި ކޭޝިއަރު، އޭނާގެ އުރަމަތީގައި އަތްލާފައިވާ ކަމަށެވެ. އަދި އަތްލުމަށްފަހު ސޮރީ ސޮރީ އޭ އެ އިންޑިއާ މީހާ ބުނެފައިވާކަވެ.
މި ހާދިސާ ހިނގާފައިވަނީ ޖަނަވަރީމަގު ގައި ހުންނަ އެމް އެސް ސީ ފާމަސީގައެވެ. މިހާތަނަށް މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.




