މޫސުން ގޯސްވެ ކުޅުދުއްފުށި ގެއެއްގެ ފުރާޅުން ބައެއް އެއްލާލައިފި

އުތުރުގެ އަތޮޅުތަކަށް މވަގުތުު ކުރަމުންދާ ވިއްސާރައިގައި، މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ހދ. ކުޅުއްފުށީ ސިޓީގެ ގެެއެއްގެ ފުރާޅުން ބައެއް ވަޔާ ނެއްޓިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ، މިއަދު ހެނދުނު 10:00 ގައި ކަމަށެވެ. އަދި އެމްއެންޑީއެފް ނޮދާން އޭރިއާ ކުޅުއްދުއްފުށި ޕޯސްޓްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދިނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައި ވަނީ ހެނދުނު 10:15 އިން ފެށިގެން މެނދުރު 14:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެކަމަށް ލަފާ ކުރެވޭ ކަމުގައިވެސް މި އެލާޓްގައި ވަނީ ބުނެފައެވެ.

ކުރިއަށްއޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ..

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ