އެމްޓީސީސީގެ އާންމު ޚިއްސާދާރުންގެ ފަރާތުން ބޯޑް ޑިރެކްޓަރ ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) ޑިރެކްޓަރުންގެ ބޯޑުގައި އާންމު ޚިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑް ޑިރެކްޓަރ ކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކުންފުނިން މިއަދު ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ ކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކުންފުނީގެ މިހާރުގެ ޙިއްސާގެ ނިސްބަތަށްބަލާ ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ޙިއްސާ ދާރުންގެ ތެރެއިން 2 ޑިރެކްޓަރުން އިންތިޚާބު ކުރަންޖެހޭ ކަމަށެވެ.

އެކުންފުނިން ވިދާޅުވެފައި ވަނީ މި 2 ޑިރެކްޓަރުން އިންތިޚާބު ކުރުން މިއަހަރު ބާއްވާ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އޮންނާނެކަމަށެވެ.

މީގެ އިތުރުން އެކުންފުނިން ވިދާޅުވެފައި ވަނީ އެކުންފުނީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކަކީ އެ ކުންފުނީގެ ހިންގާ ޤަވާއިދުގެ 73 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ވާންޖެހޭނެކަމަށެވެ.

އެކުންފުނީގެ ޑިރެކްޓަރު ކަމުގެ މުއްދަތަކީ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޚުން ފެށިގެން 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޚާއި ހަމައަށެވެ.

އެމްޓީސީސީ އިން ވިދާޅުވެފައި ވަނީ އެކުންފުނީގެ ޑިރެކްޓަރު ކަމުގެ މަޤާމަށް ކުރިމަތިލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން "އެމްޓީސީސީގެ އާންމު ޙިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް އެދި ހުށައަޅާ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 30 އޮގަސްޓް 2020 ވަނަ ދުވަހުގެ 16:00 ގެ ކުރިން ފޮނުވުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ