ބޮޑު ސަރަހައްދަކަށް އުދަ އަރާފާނެކަމަށް އެލާޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައަރާފާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ މިަދު ހަވީރު 15:30 އިން ފެށިގެން 18:00 އާއި ހަމައަށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ބައެއް ރައްތަކަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އެލާޓް ނެރެފައިވާ އިރު، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް 45 މޭލަށް ވައިގަދަ ވާނެ ކަމަށް ލާފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މި ދުވަސް ވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ދަންނަވާފައެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ