ދުބާއީން އިންޑިއާގެ ކެރެލާގެ ކޮޒިހްކޮއްޑޭ އެއާޕޯޓަށް ދަތުރު ކުރަމުންދިޔަ އެއާ އިންޑިއާ އެކްސްޕްރެސްގެ މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެ.
މި ބޯޓު ވެއްޓުނުއިރު ބޯޓުގައި 200 އާއި ގާތްކުރާ އަދަދަކަށް މީހުން ތިބިކަމަށް ބީބީސީ ގައި ރިޕޯޓް ކޮއްފައިވެއެވެ.
އިިންޑިއާގެ ނޫހެއް ކަަމަށްވާ ހިންދުސްތާނީ ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޯޓު ރަންވޭގައި ޖެއްސި ވަގުތު ހިނގި ހާދިސާގައި މިހާތަނަށް ދެ މީހަކު ވަނީ މަރުވެފައެވެ. އަދި 40 ފަސެންޖަރަކަށް ވަނީ އަނިޔާވެފައެވެ. މަރުވި މީހުންގެ ތެރޭގައި ޕައިލެޓް ހިމެނޭ ކަމަށް ވެއެވެ. އަދި ކޯ ޕައިލެޓްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ. ވެއްޓިފައި ވަނީ ކޮރޯނާވައިރަހާ ގުޅިގެން ދުބާއީގައި ތާށިވެފައި ތިބި އިންޑިއާ މީހުން ގޮވައިގެން ދަތުރުކުރި ބޯޓެކެވެ.
މި ހާދިސާ ހިނގާފައި ވަނީ މިރޭ 7:40 ހާއިރު އެވެ، އެއިރު އެ ސަރަހައްދަށް ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮއްފައިވާ ގޮތުގައި މި ހާދިސާގައި ބޯޓު ވަނީ ދެފަޅިވެފައެވެ. އަދި މިހާރު އެ ސަރަހައްދުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
#UPDATE Teams of National Disaster Response Force (NDRF) are being rushed to Karipur Airport where the Dubai-Kozhikode flight skidded off the runway, for search & rescue: NDRF Director General SN Pradhan https://t.co/XbEAw2GA4o
— ANI (@ANI) August 7, 2020



