ދުބާއީން އިންޑިއާގެ ކެރެލާގެ ކޮޒިހްކޮއްޑޭ އެއާޕޯޓަށް ދަތުރު ކުރަމުންދިޔަ އެއާ އިންޑިއާ އެކްސްޕްރެސްގެ މަތިންދާ ބޯޓެއް ވެއްޓި މަރުވި މީހުންގެ އަދަދު 18 އަށް އަރައިފިއެވެ.
މި ބޯޓު ވެއްޓުނުއިރު ބޯޓުގައި 200 އާއި ގާތްކުރާ އަދަދަކަށް މީހުން ތިބިކަމަށް ބީބީސީ ގައި ރިޕޯޓް ކޮއްފައިވެއެވެ.
އިިންޑިއާގެ ނޫހެއް ކަަމަށްވާ ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޯޓު ރަންވޭގައި ޖެއްސި ވަގުތު ހިނގި ހާދިސާގައި މިހާތަނަށް 18 މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި 2 ޕައިލެޓް ހިމެނޭ ކަމަށް ވެއެވެ. ވެއްޓިފައި ވަނީ ކޮރޯނާވައިރަހާ ގުޅިގެން ދުބާއީގައި ތާށިވެފައި ތިބި އިންޑިއާ މީހުން ގޮވައިގެން ދަތުރުކުރި ބޯޓެކެވެ.
މި ހާދިސާ ހިނގާފައި ވަނީ ރޭ 7:40 ހާއިރު އެވެ، އެއިރު އެ ސަރަހައްދަށް ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮއްފައިވާ ގޮތުގައި މި ހާދިސާގައި ބޯޓު ވަނީ ދެފަޅިވެފައެވެ.




