މި ހިނގާ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު އިހަވަންދޫ ކަރަންޓީނަށް ލުމަށްފަހު ރޭގައި ވަނީ ކަރަންޓީނުން ނަގާފައެވެ.
އިހަވަންދޫ އިން ޓޫފޯޓޫ ބޯޓުގެ ކައްޕި އާއީ އެ ބޯޓްގެ ކޭޝިއަރު އަދި ތަޚުތު ބޯޓުގެ ދިވެހި ފަޅުވެރިއަކާއި އެ ބޯޓުގެ އިތުރު ދެ ބިދޭސީ ފަޅުވެރިޔަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
އިހަވަންދޫ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ނިމުމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ ރޭގައި އެރަށް ކަރަންޓީނުން ނަގައިފައެވެ.
އިހަވަންދޫ ކަރަންޓީނުން ނެގި ނަމަވެސް ކަރަންޓީންގެ ހާލަތާ ގުޅިގެން ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން ނިންމާފައިވާކަން އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.
އެގޮތުން އިަހވަންދޫ ކައުންސިލުން ރޭ އާންމުކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ ބޭރަށް ނުކުންނައިރު މާސްކް އެޅުމަށާއި، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށާއި ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ނަމާދަށް މިސްކިތަށް ނުދިއުމަށާއި، މިސްކިތަށް ދާ މީހުން މާސްކާއި މުސައްލަ ބޭނުންކުރުމަށާއި، އިޖުތިމާއީ އާންމު އެއްވުންތަކާއި ކުޅިވަރު ހަރަކާތްތައް ނުބޭއްވުމަށާއި، އާންމު ޚިދުމަތްދޭ ތަންތަނުން ކަމާބެހޭ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރަތައް ނޫނީ އެއް ރަށުން އަނެއް ރަށަށް ނުކުރުމަށެވެ.
މިފަހަކަށް އައިސް ރާއްޖޭގެ އެކި ރަށްތަކުން ކޮވިޑަށް ޕޮޒިޓިވް ވާ މީހުން ދަނީ ފެންނަމުންނެވެ. މާލެއިން ހޯމް ކަރަންޓީނަށް ރަށަށް އަންނަ ފަރާތްތައް ވެސް ދަނީ ކޮވިޑަށް ޕޮޒިޓިވް ވަމުންދާކަން ފާހަގަ ކޮށްލެވެއެވެ.



