މޫސުން ގޯސްވެ، 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް މިއަދު ހެނދުނު ނެރުނު ޔެލޯ އެލާޓްގެ ވަގުތު ދިގު ދައްމާލައިފިއެވެ.
މެޓް އޮފީހުން ނެރެފައިވާ އެލާޓްގެ ވަގުތު އިތުރުކޮށްފައިވަނީ، 11:45 އިން ފެށިގެން 15:00 އާއި ހަމަށެވެ.
މެޓްއޮފީހުން ބުނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަ ވާނެކަމަށެވެ.
Yellow alert has been extended over the area. Valid till 1500LT pic.twitter.com/sEqsZkSqjY
— Maldives Meteorology (@MetMaldives) August 9, 2020
ކުރިއަށްއޮތް ވަގުތުތަކުގެ މޫސުން ލަފާކުރެވޭ ގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އެދިފައެވެ.
ރާޅުގެ އުސްމިން ދެކުނުގައި 4 ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މެޓް އޮފީހުން އިތުރަށް ބުނީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށެވެ.



