އެންގުންތައް އަންގަނީ އެޗްޕީއޭއިން ނިންމާ ނިންމުންތަކަށް ބިނާކޮށް - ޓުއަރިޒަމް މިނިސްޓްރީ

ކޮވިޑް-19 އާގުޅިގެން އެކި ފަހަރުމަތިން ޓުއަރިޒަަމް މިނިސްޓްރީން ނެރެފައިވާ ބަޔާންތަކާއި އެންގުންތައް ބިނާވެފައިވަނީ އެކިއެކި ކަންކަމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނިންމަވާ ނިންމެވުންތަކަށް ކަަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ މިރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ މިނިސްޓްރީން މިގޮތަށް ވިދާޅުވެފައި ވަނީ، ފަތުރުވެރިންނަށް ހިދުމަތް ދެމުންގެންދާ ރިސޯޓްތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުން މަނާކޮށް ޓުއަރިޒަމް މިނިސްޓްރީން ނެރުނު ސާކިއުލާއާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތަކެއް އެ މިނިސްޓްރީއަށް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ޓޫރިސްޓް ފެސިލިޓީތަކުގައި ޗުއްޓީ ހޭދަކުރެވޭނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ކަނޑައަޅާފައި އޮންނަ އުސޫލުން ކަމަށެވެ.

އަދިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތް ކުރރާ އެންމެހައި މުވައްޒަފުންނާއި މެނޭޖްމަންޓުތަކުން ސަރުކާރުގެ އިދާރަތަކުން ނެރޭ އިރުޝާދުތަކަށާއި އެންގުންތަކަށް ކިޔަމަންތެރިކަމާއެކު ބޯލެނބައި، ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް އެ ބަޔާނުގައިވެެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ