ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ | ފޮޓޯ: މަޖިލިސް

ސީއެސްސީގެ މެމްބަރުކަމަށް 41 މީހަކު ކުރިމަތިލައިފި

ސިވިލް ސާރވިސް ކޮމިޝަން(ސީއެސްސީ)ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމުތަކަށް 41 މީހަކު ކުރިމަތިލައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލޫހުގެ ޖަލްސާގައި ވަނީ، މި 41 މީހުންގެ ނަން އިއްވައި އެ ފަރާތްތަކުގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ސީއެސްސީގެ 4 މެމްބަރަކު މަޤާމުން ހުސްވެފައިވާއިރު، މިއީ މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅިފައިވަނިކޮށް، 3 މެމްބަރަކު މަޤާމުން އިސްތިއުފާ ދެއްވައި، އެއް މެމްބަރެއްގެ އިތުބާރު ނެތްކަމަށް ވޯޓްނަގައި މަޤާމުން ވަކިކުރުމާއި ގުޅިގެން ހުސްވެފައިވާ 4 މެންބަރެއްގެ 4 މަޤާމެވެ. އެއީ، އެ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި، ނައިބު ރައީސް ޝަހީދު މުޙައްމަދާއި، މެންބަރު ޒަކަރިއްޔާ ހުސައިން އާއި، އަދި މެންބަރު އިބްރާހިމް ޝަހީޤުއެވެ.

މަޤާމުން ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުން، ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އަދި މިހާރު އެކޮމިޝަންގައި ހުންނެވީ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި ފާޠިމަތު އާމިރާ އެކަންޏެވެ.

ސީއެސްސީގެ 4 މެމްބަރުން މަގާމުން ވަކިކުރަން ނިންމައި މިނިވަން މުއައްސަސާ ކޮމިޓީއިން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ ކޮމިޓީއިން ބެލި ބެލިމުން ސީއެސްސީގެ މެމްބަރު ކަމުގެ މަގާމު އަދާކުރުމުގެ ގާބިލުކަން އެ މެމްބަރުންގެ ނެތް ކަމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ފާސްވެފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ