މުއައްސަސާތަކަށް އާއިލީ މީހުން އައްޔަން ކުރުމުން ވަރަށް ގިނަ ނުބައި ނިކުމޭ: ދިޔާނާ

މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރެއްވުމުގައި ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ އާއިލީ ބޭފުޅުންނަށް އިސްކަން ދޭނަމަ ވަރަށް ގިނަ ނުބައި ނިކުންނާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ ސައީދު މިހެން ވިދާޅުވީ، ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ ހަތަރު ޖާގައަށް މެމްބަރުން އައްޔަން ކުރުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސް.ޖީ) އަށް ވޯޓު ދިނުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރުމާއި ގުޅިގެންނެވެ.

ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރުން ހޮވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން 15 ނަމެއް ޝޯޓްލިސްޓްކުރިއިރު އެ ލިސްޓްގައި ސަނީފުގެ މަސްލަހަތު ހިމެނޭ ބޭފުޅަކު އޮތުމުން އެކަން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވި ނަމަވެސް ނަންތައް ކަނޑައެޅުގައި މަސްލަހަތު ފުށުއަރާ ކަމެއްގައި ސަނީފު ބައިވެރިވެވަޑައިގެންފައިނުވާ ކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ވަނީ ނިންމައިފައެވެ.

މިކަމަށް އިޝާރަތް ކުރައްވާ ދިޔާނާ ސައީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މިނިވަން މުއަސަސާތަކަށް ބެފުޅުން އައްޔަން ކުރައްވާއިރު ދައްތައާއި ބޮޑުދައިތަ އާއި އަނބިކަނބަލުންނާއި ބަފާބެ ލައިގެން ނިންމަވާލެއްވީމަ ވަރަށް ގިނަ ނުބައި ނިކުންނަ ކަމަށެވެ.

މުއަސަސާތަކަށް މީހުން ނެންގެވުމުގައި އޮބްޖެކްޓިވް ގްރައުންޑް އިން ކަންކަން ނިންމެވުން މުހިންމޔު ކަމަށާއި މެރިޓޮކްރެސީ ގެ ވިސްނުން ގެންގުޅެން ޖެހެ ކަމަށް ދިޔާނާ ސައީދު ވިދާޅުވިއެވެ.

ވޯޓު ދިނުމުގައި ފެހިކުލަ ޖަހަން ތްރީލައިން ވިޕެއް ނެރެފައި ވަނީ ބްރޯޑްކޮމްގެ އެސް.ޖީ، މ. ފަލްކަންގެ، މުހައްމަދު ނާސިހާއި އެމް.އެމް.ސީގެ އެސް.ޖީ، ހ. ޓޫހާޓް، މުހައްމަދު ފަރުޝަތުގެ އިތުރުން، އެމް.ޑީ.ޕީގެ މަޖިލިސް މެމްބަރު ޢަބްދުﷲ ސަނީފްގެ ކުރީގެ އަނބިކަނބަލުން، ގދ. ތިނަދޫ، މާކޯޅި، ފާތިމަތު ޝަރީފާއި ރ. މީދޫ، ބްލެކް، އިބްރާހިމް ރަޝީދަށެވެ.

ތްރީލައިން ވިޕެއް ނެރުމުން އާންމު ގޮތެއްގައި އަމަލު ކުރާ އުސޫލަކީ އެ ޕާޓީގެ ހުރިހާ މަޖިލިސް މެންބަރުން ވިޕްލައިނާ އެއް ގޮތަަށް ވޯޓު ދިނުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ